މަސައްކަތް
ނަންބަރު: GS196/IUL/2019/07
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 16:55
ސުންގަޑި: 13 މާރިޗު 2019 13:00
ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ދަރިވަރުންގެ ފާޚާނާއެއް އިމާރާތްކުރުމަށް ބޭނުންވެއްޖެ.

1. މިސުކޫލުއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތިން މިސުކޫލުގެ ދަރިވަރުންގެ ފާޚާނާއެއް އިމާރާތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 07 މާރިޗު 2019 އިން ފެށިގެން 13 މާރިޗު 2019 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް ނަންނޯޓު ކުރެއްވުން އެދެމެވެ.

3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މާރިޗު މަހުގެ 13 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 މާރިޗު 2019 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ސުކޫލުގައެވެ.

5. ބިޑް ހުޅުވުން އޮންނާނީ 20 މާރިޗު 2019 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ސުކޫލުގައެވެ.

6. ނަންނޯޓު ކުރުމާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކޮނޑޭ ސުކޫލް،

އަމީނީ މަގު، ގއ.ކޮނޑޭ، ދިވެހިރާއްޖެ.

ފޯން: 6820097

އީމެއިލް:

06 މާރިޗު 2019