މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2019/21
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 19 މާރިޗު 2019 13:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް (އެމް.ޔޫ.ޑީ.އާރް.ޕީ.) އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓް (އީ.އެސް.އައި.އޭ) ކޮންސަލްޓަންސީ ފޮރ ދަ ވޭސްޓް ވޯޓަރ ޓްރީޓްމަންޓް ޕްލޭންޓް އެޓް ހުޅުމާލެ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް (އެމް.ޔޫ.ޑީ.އާރް.ޕީ.)

އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓް (އީ.އެސް.އައި.އޭ) ކޮންސަލްޓަންސީ ފޮރ ދަ ވޭސްޓް ވޯޓަރ ޓްރީޓްމަންޓް ޕްލޭންޓް އެޓް ހުޅުމާލެ  

 

1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށް ގެންދާ މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއެންސް ޕްރޮޖެކްޓް ފެށުމުގެ ކުރިން މުހިއްމު ބައެއް ޚަރަކާތްތައް ފަށައިގަތުމަށްޓަކައި ވާލްޑް ބޭންކް އިން ވަނީ ފައިނޭންސިންގ ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓް (އީ.އެސް.އައި.އޭ)  ކޮންސަލްޓަންސީ ފޮރ ދަ ވޭސްޓް ވޯޓަރ ޓްރީޓްމަންޓް ޕްލޭންޓް އެޓް ހުޅުމާލެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

2. މި ކޮންސަލްޓަންސީ މަސައްކަތުގެ ތެރޭގައި ހުޅުމާލޭގައި ޤާއިމްކުރުމަށް ހުށާހަޅާފައިވާ ވޭސްޓްވޯޓަރ ޓްރީޓްމަންޓް ޕްލާންޓް (ޑަބްލިޔު.ޓީ.ޕީ)/ ސިވަރޭޖް ޓްރީޓްމަންޓް ޕްލާންޓް (އެސް.ޓީ.ޕީ) ހުޅުމާލޭގެ ދެވަނަ ފިޔަހީގެ ސަރަޙައްދާއި ގުޅުވުމަށް އެންމެ އެކަށީގެންވާ ގޮތްތައް ބަލާ ހޯދުން ހިމެނެއެވެ. އެގޮތުން އެންމެ އެކަށީގެންވާ ގޮތެއް ކަނޑައެޅުމުގައި މި ނިޒާމުން ސާފުވެގެން ބޭރުވާ ފެނުގެ ކޮލިޓީއަށާއި، މި ނިޒާމްގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރާއި އަދި ސިސްޓަމްގެ މެއިންޓްނެންސްއަށް ހިނގާނެ ޚަރަދަށް ބަލާ އެންމެ ފައިދާހުރި ގޮތެއް ހުށަހެޅުން ހިމެނެއެވެ. މި މަސައްކަތަށް ބޭނުންވާ އޯގަނައިޒޭޝަނަލް ސެޓްއަޕްއާއި، ޓާމްސް އޮފް ރިފަރަންސްގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި ނަތީޖާތައް ހާސިލްކުރެވޭނެ ފަދަ ސްޓާފުން/ ޓީމްއެއްގެ ތަފްސީލްތައް އަމިއްލައަށް އެކުލަވާލާ ހުށަހެޅުމަކީ ކޮންސަލްޓަންޓްގެ ޒިންމާއެކެވެ. އަދި މިމަސައްކަތުގެ މުއްދަތަކީ 6 ހަފްތާއެވެ.

3. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

4. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓިންގ ކުންފުނިތަކުން، ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) އާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

5. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ވޯލްޑް ބޭންކްގެ "ޕްރޮކިއޮމަންޓް ރެގިއުލޭޝަންސް ފޮރ އައި.ޕީ.އެފް. ބޮރޮވަރޒް" ޖުލައި 2016، ނޮވެމްބަރ 2017 އަދި އޯގަސްޓް 2018 ގައި ރިވައިސްކުރެވިފައިވާ ގައިޑްލައިންގައިވާ ކޮންފްލިކްޓް އޮފް އިންޓްރެސްޓްއަށް ބައްލަވާ ބެއްލެވުން އެދެން، މީގެ އިތުރުން، ކޮންސަލްޓަންޓް މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކާ މި މަޝްރޫޢާ އެއްވެސް ގޮތަކުން މަސްލަހަތު ފުށުއަރާނަމަ މި މަޝްރޫއަށް ކޮންސަލްޓަންޓް އައްޔަން ނުކުރެވޭނެއެވެ. ކޮންސަލްޓަންޓުގެ ކޮލިފިކޭޝަން ހަމަކުރުމުގެ ގޮތުން އެހެން ކުންފުންޏަކާއިއެކު އެސޯސިއޭޝަން ހެދިދާނެއެވެ. ނަމަވެސް، މިއެސޯސިއޭޝަންއަކީ ޖޮއިންޓް ވެންޗަރ ނުވަތަ ސަބް ކޮންސަލްޓަންސީ އެއްކަން ސާފުކޮށް އިނގެން އޮންނަންވާނެއެވެ. ޖޮއިންޓް ވެންޗަރ އެއް ނަމަ، މަޝްރޫޢު އެވޯޑް ވެއްޖެނަމަ، ހިމެނޭ ހުރިހާ ޕާޓީތަކެއް މަޝްރޫޢުގެ މަސައްކަތުގައި ހަމަހަމަކަމާއެކު ޒިންމާ ނަގަންޖެހޭނެއެވެ.

6. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި  ތައްޔާރުކޮށް ނޮވެމްބަރ 2107 އަދި އޯގަސްޓް 2018 ގައި އިސްލާހުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ކޮންސަލްޓަންޓްސް ކޮލިފިކޭޝަން ބޭސްޑް ސިލެކްޝަން (ސީ.ކިއު.އެސް.) އުޞޫލުންނެވެ. 

7. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް 6 މާރިޗު 2019 އިން 17 މާރިޗު 2019 އަށް 8:30 އާއި 14:00 އާއި ދެމެދު ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                                                                                                                         

8. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން19 މާރިޗު 2019 ވާ އަންގާރަ ދުވަހު 13:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ފާތިމަތު ޝާނާ ފާރޫޤް

ޑިރެކްޓަރ ޖެނެރަލް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗރ

މާލެ، ދިވެހިރާއްޖެ.

ޓެލެފޯން:3004300, 3004388

ފެކްސް: 3004301

އީމެއިލް އެޑްރެސް: [email protected]

       [email protected]

06 މާރިޗު 2019