މަސައްކަތް
ނަންބަރު: 263/2019/24
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 10 މާރިޗު 2019 14:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށްވެހިއުފާ އިމާރާތުގައި ހުންނަ ފަރާތަށް ކެއްކުމާއި އެއްޗި ދޮވެ އިސްތިރިކޮށްދޭނެ ފަރާތެއް ހޯދުން

ކައުންސިލްގެ "ރަށްވެހިއުފާ " އިމާރާތުގައި ހުންނަ ފަރާތަކަށް ކެއްކުން އަދި ދޮވެ އިސްތިރިކޮށްދިނުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

 

           މި އިދާރާއިން ދެމުންގެންދާ ޚިދުމަތްދިނުމަށް އިތުރު އެހީތެރިކަން ހޯދުމަށާއި މިއިދާރާއިން ދެވޭޚިދުމަތެއް މެދުނުކެނޑި ދިނުމުގެ ގޮތުން ކޮންޓްރެކްޓް އުޞޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލްގެ ރަށްވެހިއުފާ އިމާރާތުގައި ކައުންސިލުން ބަހައްޓާފައިވާ ފަރާތަށް ކޮންމެ ދުވަހެއްގެ ނާސްތާ، ( ހެނދުނު، މެންދުރު،ރޭގަނޑު) ތައްޔާރުކުރަންޖެހޭ ނާސްތާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ތައްޔާރުކޮށްދިނުމާއި ކެއުމަށް ހަމަޖެހިފައިވާ ވަގުތުތަކަށް ކެއުން ކާމޭޒަށް އަރުވާ ކައި ނިމުމުން ތަށިތައް ނަގައި ސާފްކުރުމާ އިމާރާތާ ގޯތިތެރެސާފުކުރުމާ ދޮވެ އިސްތިރި ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

          ވީމާ މިކަމަށް ސައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ އަގާއެކު މިއިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު އަންގައިދޭ ސިޓީ
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި: 2019 މާރޗް 10 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520041 ނަންބަރާއެވެ.

          މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          27  ޖުމާދުލްއާޚިރު 1440ހ.

          04 މާރޗް     2019މ.

04 މާރިޗު 2019