ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ (މިއަހަރުގެ) ރަމަޟާންމަހު އއ. ރަސްދޫ ހުކުރު މިސްކިތުގައި (މަޖިދުލްހުދާ މިސްކިތުގައި) އިމާމުވެ ޙިފްޘްކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޘަކު މި ކައުންސިލަށް ގެނައިސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މާރޗް 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ ކަންކަމަށް ދާނެ ޚަރަދުތަކާއެކު އެ ހުށަހަޅާ ތަނެއެްގެ ލެޓަރހެޑުގައި ސިޓީއަކާއެކު މި މަސައްކަތްކޮށްދެވިދާނެ އަގު (ކޯޓޭޝަން) މި ކައުންސިލްގެ އިދާރާއަށް އީމެއިލް ކޮށްދެއްވުން ނުވަތަ ހާޑް ކޮޕީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅުއްވާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަދި އިތުރު މަޢުލޫމާތެއް ހޯދަވަން ބޭނުންފުޅުވެލައްވާނަމަ 6660714 އަދި 7774674 އާ ގުޅުއްވުމަށް ދަންނަވަމެވެ.
- ދެ ކޮޅުގެ ފްލައިޓް ޓިކެޓް ޙަރަދު (ރާއްޖެއަށް އައުމާ، އެނބުރި ޤައުމަށް ފޮނުވުމުގެ ޚަރަދު)
- މާލޭގައި ހުރުމާ، ކެއުމުގެ ޚަރަދު.
- ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު.