ދިވެހިރާއްޖެ
އިޢުލާން
2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގްރެޖުއޭޝަން ޙަފްލާ ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ތިންވަނަ ފުލޯ މީޓިންރުމް ގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.