ނީލަން
ނަންބަރު: (IUL)113-CCD/1/2019/31
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 18 މާރިޗު 2019 19:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަ ދުވަސްވެފައިވާ މުދާ ނީލަމުގައި ވިއްކާލުން 19-03-2019

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުން: 17 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ ހަވީރު 04:30 އަށް (އެންމެ ލަސްވެގެން މުދާ ބެއްލެވުމަށް ވަޑައިގަތުމުގެ 02 ގަޑިއިރު ކުރިން 3328995 ނަންބަރު ފޯނަށް ގުޅުއްވައި ނަން ނޯޓްކުރައްްވަން ވާނެއެވެ.)

 

  1. ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 18 މާރިޗު  2019 ވާ  ހޯމަ ދުވަހު ރޭގަނޑު 20:00 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓަށް ދުރުވެ، ނީލަމުގައި ބައިވެރިވުމަށް އެދި ނީލަމުގައި ރަޖިސްޓްރީ ކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށެވެ.
  2. ނީލަން ކިޔުން: 19 މާރިޗު  2019 ވާ އަންގާރަ ދުވަހު 14:00 ން ފެށިގެން.
  3. ނީލަން ކިއުން އޮންނަ ތަން: ސަރވިސް ބިލްޑިންގ ގެ މީޓިންގ ރޫމް-2 ގައި.

ސަމާލުކަމަށްޓަކައި :

  • މުދާ ނީލަންކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ( 27 ޖޫން 2018 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައި ) ގެ ދަށުންނެވެ. މިކުންފުނީގެ ވެބްސައިޓް (www.port.mv)   ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެނިލައްވާނެއެވެ.
  • ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދެއްކެވުމަށް ޗެކް ބޭނުންކުރެވޭނީ ބޭންކް ގެރެންޓީ ދެވިފައިވާ ޗެކެވެ.

ނީލަމާއިބެހޭ އިތުރު މަޢުލޫމާތު މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާރޓްމެންޓް އަދި ވެބްސައިޓް(www.port.mv)  އިން ލިބިވަޑައިގަންނަވާނެއެވެ.

05 މާރިޗު 2019