ޢާންމު މަޢުލޫމާތު
ނަންބަރު: 263/2019/25
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 14 މާރިޗު 2019 11:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ރަށްވެހިއުފާ އިމާރާތުގެ ވަށާފާރު ރޭނުމާއި ލޯންޑަރީއެއް ހެދުން

ކައުންސިލްގެ ރަށްވެހިއުފާ އެޕާޓްމަންޓްގެ ވަށާފާރު ރާނާ ސިމެންތި ޖަހާ ދޮރާށި ލުމާއި، ލޯންޑަރީއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:

 

           މިކައުންސިލުން ރަށްވެހިއުފާ އެޕާޓްމަންޓްގެ ވަށާ ފާރު ރާނާ ސިމެންތިޖަހާ ދޮރާށިލުމާއި ލޯންޑަރީއެއް ހެދުމުގެ މަސައްކަތްތައް  އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 

          ވީމާ، މިކަމަށް  ޝައުގުވެރިވާ ފަރާތްތަކުން 14 މާރޗް  2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް  އިދާރާއަށް ދުރުވެ މައުލޫމާތު ސާފް ކުރެއްވުމަށްފަހު 24 މާރޗް 2019 ވާ އާދިއްތަ ދުވަހު 11:00 ގައި ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފްކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ.

 

      މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

 

      ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

      މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުންނެވެ. (އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައެވެ.)

     

            މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

05 މާރޗް 2019މ

 

05 މާރިޗު 2019