ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC/1/2019/11)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ އޮފިސް ހިންގާ އިމާރާތުން އެހެންތަނަކަށް ބަދަލުވުމައްޓަކައި، އޮފިސް ހިންގާނެތަނެށް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، މިފަދަތަނެއް ކުޔަށްދޫކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 މާރިޗު 11 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މާރިޗު 17 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 އަށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
28 ޖުމާދަލްއާޙިރާ 1440 ހ.
05 މާރިޗު 2019 މ.