ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/376/376/2019/11
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 14 މާރިޗު 2019 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފަކު ބޭނުންވެއްޖެ

މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް:

ހާބަރ އެޓެންޑެންޓް

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމް ގިންތި:

ކޮންޓްރެކްޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ

މުސާރަ މަހަކު:

2000.00ރ (ދެހާސްރުފިޔާ)

ސަރވިސް އެލަވަންސް މަހަކު:

1500.00ރ (ފަނަރަސަތޭކަރުފިޔާ)

އެޓެންޑެންސް އެލަވަންސް މަހަކު:

1200.00ރ (ބާރަސަތޭކަރުފިޔާ)

ފޯން އެލަވަންސް މަހަކު:

140.00ރ (ސަތޭކަސާޅިސްރުފިޔާ)

އިތުރު އިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބެދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިޔަތުތަކާއި ވާޖިބުތައް:

  • ކައުންސިލުން ހަމަޖައްސާ އުސޫލާއި އެއްގޮތަށް ބަނދަރުގައި ޤާއިމުކުރެވިފައިވާ ފެންދޫކުރާ ނިޒާމްގެ ތެރެއިން އޮޑިދޯނިފަހަރަށް ފެން ދޫކުރުން.
  • ފެން ވިއްކައިގެން ލިބޭ ފައިސާގެ ރިކޯޑް ބެލެހެއްޓުމާއި، ފައިސާ ޤަވާއިދުން ކައުންސިލް އިދާރާއާއި ހަވާލުކުރުން.
  • ބަނދަރު ވަށައިގެން ލެވިފައިވާ ހިނގާރު އަދި ޓީ ޖެޓީ ކޮންމެ ހަފުތާއަކު އެއްފަހަރު ސާފްކުރުން.
  • ބަނދަރުތެރޭގައި ހުންނަ ކުނިބުނި ނަގާ ހަފްތާއަކު އެއްފަހަރު ސާފުކޮށް، އެކުނި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް އުކުން.
  • ބަނދަރު ސަރަހައްދުގައި ބެހެއްޓޭ ޑަސްބިންތަށް ފުރުނަނުދީ ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޑަސްބިން އުކުން.
  • ބަނދަރުތެރޭގައި އޮޑިދޯނިފަހަރު އަމަލުކުރަނީ ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށްތޯ ބަލާ، ޤަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ނަސޭހަތްދީ އިސްލާހުކުރުމަށް އެންގުން އަދި އިސްލާހުނުވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ޖޫރިމަނާ ކުރުން.
  • ފެންދޫކުރާ ނިޒާމަށް ދިމާވާ ކުދި މައްސަލަތައް ހައްލުކޮށް، ތަކެތި ދިނުމުން އެފަދަ މަރާމާތައް މަރާމާތުކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެގުން.

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ލިޔަންކިޔަން އިނގޭކަމަށް ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. (މިފޯމް ބަނޑިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުން ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައިވާ ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރޗް 2019 ގެ 13.00 ގެ ކުރިން ބަނޑިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  އަދި ފެކްސް 6760662 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 މިމަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 15 މާރޗް 2019 އާއި، 28 މާރޗް 2019 އާއި ދެމެދު ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ.

ސޯޓް ލިސްޓްކުރުން:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭފަރާތްތައް ސޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމާއި ގުޅިގެން އިތުރު މަޢުލޫމަތެއް ސާފްކުރައްވަން ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ނަންބަރު: 6760045 ފޯނަށް ގުޅުއްވުން އެދެމެވެ.

05 މާރިޗު 2019