ދިވެހިރާއްޖެ
މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތު މުންނާރުގެ އެތެރެފަރާތުގައާއި،ބޭރުފަރާތުގައި އަމިއްލަ ތަކެތީގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކައުންސިލް އިދާރާ އިންދޭ މަޢްލޫމާތާ އެއްގޮތަށް ކުރުމަށް ޝައުޤްވެރިވެ ލައްވާ ފަރާތްތަކުން 11 މާރިޗު 2019 ވާ ހޯމަދުވަހުގެ 13:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ : 19/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޒިރުވާ ކޮށްމެ ބޭފުޅަކަށްވެސް 1 އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރުގައާއި،އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި،އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވުމަށްވެސް ދެންނެވީމެވެ.