މަސައްކަތް
ނަންބަރު: (IUL)417-CA/417/2019/26
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި:
12 މާރިޗު 2019 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡަކު ހޯދުން؛
މިރަށު މަސްޖިދުލްފުރުޤާން މިސްކިތުގައި 1440 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދޭނެ ޙާފިޡަކު ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލް އިދާރާއަށް ޙާފިޡަކު ހަމަޖައްސަވައި ދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 މާރިޗު 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީ ހިސާބު (ކޯޓޭޝަން) މިކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް މެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ކައުންޓަރަށް ޙަވާލުކޮށްދެއްވުން އެދެމެވެ. އީމެއިލް ފޮނުވުމަށްފަހު މިއިދާރާގެ ފޯން ނަންބަރު 6840015 އަށް ގުޅުއްވައި އެކަން އެންގެވުން އެދެމެވެ.
މަޢުލޫމާތު:
- · ޙާފިޡް ވާންޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޡް ކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
- · ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްޞަ ވިސާގެ ފޯމްގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
- · 2019 މެއި 5 ވަނަ ދުވަހުގެ ކުރިން ޙާފިޡް ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ. އަދި ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ނިމުމާއެކު ގިނަވެގެން 03 ދުވަހުގެ ތެރޭގައި ޙާފިޡް ހޯޑެއްދޫއިން ފުރުމުގެ އިންތިޒާމް ހަމަޖައްސަންވާނެއެވެ.
- · ޙާފިޡް ހޯނޑެއްދޫ އަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ހުރިހާ ދަތުރުތަކުގެ ޚަރަދުތައް ކުރަންޖެހޭނީ ޙާފިޡް ގެނެސްދޭ ފަރާތުންނެވެ.
- · މިކައުންސިލް އިދާރާއަށް ކުރީ އަހަރުތަކުގައި ޙާފިޡުން ހަމަޖައްސައިދީފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- · ޙާފިޡް ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ މި ކައުންސިލްގެ ފަރާތުންނެވެ.
ޕޮއިންޓް ދެވޭނެ މިންގަނޑު
- ހުށަހަޅާ އަގަށް 90 މާކްސް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)
- ތަޖުރިބާއަށް 10 މާކްސް (އެންމެ ގިނަ ތަޖުރިބާގެ ލިޔުންތައް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް ލިބޭގޮތަށް)
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 މާރިޗު 2019