ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2019/75
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 13 މާރިޗު 2019 13:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޯލް ސެންޓަރ އޮޕަރޭޓަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް،

ކ. މާލެ

 

ބޭނުންވާ ޢަދަދު:

 

 

01 (އެކެއް)

މުސާރައާއި އެލަވަންސް

-/7،000 ރ (ހަތްހާސް ރުފިޔާ)

މަޤާމްގެ ޝަރުތު:

މަތީ ސާނަވީ އިމްތިހާން ނިންމާފައިވުން

މަސްއޫލިއްޔަތު:

 

-          މިނިސްޓްރީގެ ކޯލް ސެންޓަރ އަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދީ ކޯލް ލޮގްކުރުން

 

-          މިނިސްޓްރީގެ ކޯލް ސެންޓަރއަށް ޕޭމަންޓްސް ކަންތަކާގުޅާ ފަރާތްތަކަށް ޖަވާބު ދިނުމާއި ޕަބްލިކް އެކައުންޓިންގ ސޮފްޓްވެއަރގެ ތެރެއިން ކަނޑައެޅިފައިވާ މިންގަޑުގެ ތެރެއިން ޕޭމަންޓްތައް ޗެކްކޮށް ގުޅާ ފަރާތްތަކަށް ފޯރުކޮށްދިނުން.

 

-          މިނިސްޓްރީގެ ކޯލް ސެންޓަރ އަންނަ ފޯން ކޯލްތަކުގެ ލޮގް ޗެކްކޮށް އަނބުރާ ގުޅަންޖެހޭ ފަރާތްތަކަށް ގުޅުން.

 

-          މިނިސްޓްރީއަށް އެކިއެކި ފަރާތްތަކުން ފޮނުވާ ސިޓީތަކާގުޅޭ ގޮތުން އަންނަ ފޯންކޯލްތަކުގެ ލޮގް ޗެކެކޮށް އެފަރާތްތަކަށް ސިޓީއާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.

 

-          މި މިނިސްޓްރީގެ ހެލްޕް ޑެސްކްއަށް އަންނަ މެއިލްތައް ޗެކްކޮށް މެއިލްތަކަށް ޖަވާބުދިނުން.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

-          އޮޕަރޭޓަރުންގެ ގޮތުގައި މަސައްކަތް ކޮންފައިވާ މިންވަރާއި މި މަސައްކަތަށް ޝައުގުވެރިކަން ހުރި މިންވަރު

-          ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ ފަރާތްތައް

-          ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

-          ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން.

-          ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

ސުންގަޑި:

13 މާރިޗް 2019 ވާ (ބުދަ) ދުވަހުގެ 13:30 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349169/3349297/3349335/3349252 ނަންބަރ ފޯނާއެވެ.     އީ-މެއިލް ކުރާނީ ([email protected]) އަށެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.

05 މާރިޗު 2019