ނީލަން
ނަންބަރު: 134-CORP/I/2019/03
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 13 މާރިޗު 2019 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބާދަގަނޑުތަކެއް ނީލަމުގައި ވިއްކާލުން

           ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައިހުރި 150 މެޓްރިކްޓަންގެ ޖަންކް ސްކްރޭޕް ނީލަމުގައި ވިއްކާލުމަށް ގަސްދުކުރަމެވެ. މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެކެވެ.

           ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރެއްވުމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން  7787186 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ. 

           ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކްޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ދަގަނޑުތައް ނީލަންކިޔުން އޮންނާނީ، 13 މާރޗް 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00ގައި މިފްކޯގައެވެ.

      ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/15،000ރ. (ފަނަރަހާސް) ރުފިޔާގެ ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ.  ނީލަން ކާމިޔާބު ކުރާ ފަރާތުން، ނީލަންނިމޭތާ 07 (ހަތެއް) ދުވަހުގެތެރޭގައި، މިތަކެތި ގެންދިޔުމުގެ މަސައްކަތް ފަށަންވާނެއެވެ. ތަކެތި ދޫކެރެވޭނީ، އެދުވަހަކު ގެންދާ އެއްޗަކަށް ވާފައިސާ ދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ދޫކުރެވޭ ތަކެއްޗަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ދައްކާ އެންމެ ފަހުގެ ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ. ނީލަން ކާމިޔާބު ކޮށް، ތަކެތި ގެންދިޔުމަށް ދެވޭ މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރާ ނުލިބޭނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ ވަގުތުން އަބުރާ ލިބޭނެއެވެ. 

04 މާރިޗު 2019