ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2019/26
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 14 މާރިޗު 2019 14:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާ ބެހޭ

އިޢުލާން

 

ބިދޭސީންގެ ދަފްތަރު އެކުލަވާލުމާ ބެހޭ

ޤާނޫނު ނަންބަރު: 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އާއި އެއްގޮތްވާ ގޮތުގެ މަތީން މިރަށުގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ.

ވީމާ، މިރަށުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން، އެފަރާތްތަކުން ގެންގުޅޭ ބިދޭސީންގެ ވާރކް ވިސާ ކާޑުގެ ކޮޕީ އާއި ބިދޭސީން ގެންގުޅޭ ފަރާތުގެ އައިޑީކާޑު ކޮޕީ 2019 މާރޗް 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭ ކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއި ބެހޭ މުވައްސަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއި މެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމަތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  27 ޖުމާދަލްއާޚިރް 1440

04 މާރިޗު 2019