މަސައްކަތް
ނަންބަރު: (IUL)456-ECMS/456/2019/18
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 14 މާރިޗު 2019 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މަގުކޮނެދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 މަގުކޮނެދޭނެ ފަރާތެއް ހޯދުމާއިގުޅޭ

            ރޭގަނޑު މަގުތައް އަލިކުރުމަށް އިތުރުކުރަންޖެހޭ މަގުބައްތިތަކަށް ކޭބަލް އެޅުމަށްޓަކައި ކޯރު ކޮނެދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

            ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މާރޗް 2019 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ޖެހުމަށްފަހު ހާޒިރުވި ނަމަވެސް އެ ފަރާތްތަކަށް އެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް މީހަކު ފޮނުއްވުމަކާނުލައި ފޮނުއްވާ އަންދާސީހިސާބު ބަލައެއްވެސް ނުގަނެވޭނެއެވެ. މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މާރިޗު 2019