މަސައްކަތް
ނަންބަރު: (IUL)456-ECMS/456/2019/17
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 13 މާރިޗު 2019 12:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުމާބެހޭ:

1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުމާބެހޭ

 

                   1440 ވަނަ އަހަރުގެ ރަމަޟާންމަހު ލ. ކަލައިދޫ 'މަސްޖިދުއް ހުދާ'ގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ރާއްޖެއިން ބޭރުގެ ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު: 01
  • އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ގޮތް: ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/200ރ (ދުވިސައްތަ ރުފިޔާ / -)

                  ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 މާރިޗު 13 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން  މިދަންނަވާ ކަންކަމަށް ދާނެ ޚަރަދުތަކާއެކު މި މަސައްކަތްކޮށްދޭނެ އަގު (ކޮޓޭޝަން) މި އިދާރާއަށް ހުށައެޅުން އެދެމެވެ.

  • ފްލައިޓް ޓިކެޓް ޚަރަދު (ރާއްޖެއައުމާ އެނބުރި ގައުމަށް ފޮނުވުމުގެ ޚަރަދު)
  • ދަތުރު ޚަރަދު (ރާއްޖެއާއި ބޭރުގެ އެއްތަނުން އަނެއްތަނަށް ކުރާ ދަތުރު ޚަރަދު)
  • މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު
  • ވިސާއާއި އިންޝުއަރެންސް މަސައްކަތާއި ޚަރަދުތައް

                  އަގު ހުށަހަޅުއްވާނީ މިއިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށެވެ. މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މާރިޗު 2019