ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2019/8
އިޢުލާން
1440ވަނަ އަހަރު ރަމަޟާން މަހު ހދ.ކުމުންދޫގައި އިމާމްވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ގެނައުމާބެހޭ
1440 ވަނަ އަހަރުގެ ރަމަޟާންމަހު ހދ. ކުމުންދޫގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިންބޭރުން ހާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހާފިޡު ގެނެސްދެވިދާނެ ޚަރަދު ތަފުޞީލު ބަޔާންކޮށް ރަސްމީ ލިޔުމަކުން މިއިދާރާއަށް ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ
27 ޖުމާދަލްއާޙިރާ 1440
04 މާރޗް 2019