ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)374-A/374/2019/16
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 26 މާރިޗު 2019 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރު ރަމަޟާންމަހު ފ. ނިލަންދޫ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުން

1440 ވަނަ އަހަރު ރަމަޟާންމަހު ފ. ނިލަންދޫ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުން

 

1440 ވަނަ އަހަރުގެ ރަމަޟާންމަހު ފ. ނިލަންދޫ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖޭންބޭރުގެ 02 (ދޭއް) ޙާފިޡުން ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މާރިޗް 4 ވަނަ ދުވަހުން ފެށިގެން 2019 މާރިޗް 15 ވަނަ ދުވަހާއި ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު ފަހު 1:00 އާއި ދޭތެރޭ މިއިދާރާގެ ނަންބަރު 6740016 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 މާރިޗް 26 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

                          27 ޖުމާދަލްއާޚިރާ 1440

                          04 މާރިޗު 2019

04 މާރިޗު 2019