ދިވެހިރާއްޖެ
އިޢުލާން
ހިނަވާގެ ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
ގއ.ދެއްވަދޫ މަސްޖިދުލް ސަމާޙަތުގެ ގޯތިތެރޭގައި މިއިދާރާއިން ދޭ ކުރެހުމާއި، މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ 411-B/IUL/2019/07 (07 ފެބުރުވަރީ 2019) އިޢުލާން ބާތިލްކޮށް މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 މާރިޗް 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 13 މާރިޗް 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.