ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-PFMU/13/2019/71
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 10 މާރިޗު 2019 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އިންސްޓިޓިއުޝަނަލް ޑެވެލޮޕްމަންޓް ކޮންސަލްޓަންޓް (ލޯކަލް) ހޯދުމާއި ބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އިންސްޓިޓިއުޝަނަލް ޑެވެލޮޕްމަންޓް ކޮންސަލްޓަންޓް (ލޯކަލް)

 

މިނިސްޓްރީ އޮފް ފިނޭންސް އިން ކުރިއަށް ގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫގެ ދަށުން އިންސްޓިޓިއުޝަނަލް ޑެވެލޮޕްމަންޓް ކޮންސަލްޓަންޓް (ލޯކަލް)ގެމަސައްކަތްކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

އިންސްޓިޓިއުޝަނަލް ޑެވެލޮޕްމަންޓް ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސްގެ ސްޓްރެޓްޖިކް ޕްލޭން ހެދުމާއި، ހިއުމަން ރިސޯސަސް މެނޭޖްމަންޓް، ޓާސްކް މޮނިޓަރިންގ އަދި ކެޕޭސިޓީ ބިލްޑިންގ ފަންކްޝަން ޑެވެލޮޕް ކުރުމަށް ބޭނުންވާ އެސެސްމެންޓް ހެދުމާއި ރެކޮމެންޑޭޝަން ދިނުމެވެ.  

މި މަސައްކަތުގެ މުއްދަތަކީ މާރިޗު 2019 އިން ފެށިގެން 1 އަހަރު ދުވަހެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016ގައި ތައްޔާރުކޮށް ނޮވެމްބަރު  2017 އަދި އޮގަސްޓް 2018ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2019 އާދިއްތަދުވަހު 13:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

  އަބްދުﷲ ޙަސަން 

  ޕްރޮޖެކްޓް ޑިރެކްޓަރ

  ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

  މިނިސްޓްރީ އޮފް ފިނޭންސް

  މާލެ،  ދިވެހިރާއްޖެ.

  ޓެލެފޯން: 3349106 ،3349102

  ފެކްސް: 3320706 ،3324432

  އީމެއިލް އެޑްރެސް: [email protected]

         [email protected]

         [email protected]

03 މާރިޗު 2019