ދިވެހިރާއްޖެ
މަޤާމް: ޕިޔޯން
މަޤާމުގެ ބާވަތް: ދާއިމީ
ޢަދަދު: 01
މުސާރަ: -/4865
ޢިނާޔަތް:-
ސަރވިސް އެލަވަންސް: -/1000
ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ޓްރައިބިއުނަލުން އެކިއެކި އޮފީސްތަކަށާއި، އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ރައްދުކުރުން.
- ޓްރައިބިއުނަލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ޗިޓް އެފަރާތްތަކަށް ރަށްދުކުރުން.
- ޓްރައިބިއުނަލުން ބޭނުންވާ ވަގުތުތަކުގައި ޓްރައިބިއުނަލްގެ އޮފީސް ހުޅުވާ، ލެއްޕުމުގެ ގޮތުން އޮފީހުގެ ތަޅުދަނޑި ގެނެސް ގެންގޮސްދިނުން.
- ޓްރައިބިއުނަލަށް ހޯދަންޖެހޭ މުދަލާއި ޚިދުމަތްތަކުގެ އަގު ބެލުމުގައި ޕްރޮކިއުމެންޓް މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުން.
- ޓްރައިބިއުނަލަށް ހޯދާ މުދަލުގެ ތެރެއިން ޑެލިވަރ ނުކޮށްދޭ ތަކެތި އޮފީހަށް ގެނައުން.
- ޓްރައިބިއުނަލްގެ އޮފީސް ހިނގަމުންދާ ޢިމާރާތުގެ މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތުކުރުމުގައި މެއިންޓިނެންސް ކަންކަން ބަލަހައްޓާ މުވައްޒަފުންނަށް އެހީތެރިވެދިނުން.
- ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގައި އިދާރީ މުވައްޒަފުންނަށް އެހީތެރިވެދިނުން.
- ޓްރައިބިއުނަލްގެ އޮފީސް އިމާރާތް ފޮޅާ ސާފުކުރުމުގައި އެހީތެރިވެދިނުން.
ފެންވަރު ނުވަތަ ޝަރުތު:
- ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތުގެ ދާއިރާއިން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
އެހެނިހެން:
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
- ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.
- ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ފުރިހަމަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (A1) އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތެއް މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13.30ގެ ކުރިން މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް
- އެއްގަމު އުޅަންދު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
- މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
- މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލު އެނގޭގޮތަށެވެ.
- މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ
މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑު ބަލާ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.