ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-89/IUL/2019/05
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 11 މާރިޗު 2019 12:00
ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް ދާއިމީ މުވައްޒަފެއް ބޭނުންވެއްޖެއެވެ.

  މި ސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް ދާއިމީ މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަސައްކަތު

މަޤާމް:

J-222018

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސް.އެސް.1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ހދ. ނޮޅިވަރަންފަރު ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މުސާރަ:

-/1000ރ (އެއްހާސް ރުފިޔާ)

ސަރވިސް އެލެވަންސް:

 

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

   .4-/1200 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވަންސް)     

1. އިމާރާތްތަކުގެ ފުރާޅުތަކާއި ދިޔަދޮވިތައް އަންގާ ގޮތެއްގެ މަތިން ސާފުކުރުން.

2. ހަވާލުކުރެވިފައިވާ ކްލާސްރޫމްތަކާއި އޮފީސް، ސްޓާފްރޫމް، އޭ.ވީ ރޫމް، ލެބޯޓްރީ، އަދި ލައިބްރެރީ ކޮންމެ ދުވަހަކު ސެޝަން ނިމުމުން ފޮޅާ ސާފުކޮށް މޮޕްޖަހާ ސާފުކުރުން. އަދި ހަފްތާއަކު އެއްފަހަރު ޙަވާލުކުރެވިފައިވާ ތަންތަނުގެ ދޮރާއި ދޮރުފަތްތަކާއި ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަދި ފަންކާތައް ސާފުކޮށް ބެލެހެއްޓުން.

3. ކޮންމެ ދުވަހަކު ސެޝަންތެރޭގައި ކުދިންގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުމާއި އެކު ފާހާނާއަށް އަންނަ ކުޑަކުދިންނަށް އެހީތެރިވުން އަދި ސެޝަން ނިމުމުން ފާޚާނާތައް ރަނގަޅަށް ސާފުކުރުން.

4. ސްކޫލް ގޯތިތެރޭގައި ހައްދާފައިހުރި ގަސްތަކުގެ ގޮފިތައް ކޮށާ، ސާފުކޮށް ބެލެހެއްޓުން.  

5. ސްކޫލްގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި އަދި އިމްތިޙާނުތަކަށް ހޯލުތައްޔާރު ކުރުމާއި އެކަން ނިމުމުން ކުލާސްތައް ރޭވުން.

6. ޙަވާލުކުރެވޭ އެންމެހާ މެޝިނަރީތައް ކޮންމެ ދުވަހަކު ފޮޅާ ސާފުކޮށް ބެލެހެއްޓުން.

7. އިތުރު ހަރާކާތްތައް ހިންގާ ވަގުތުތަކާއި ދުވަސްތަކުގައި ސްކޫލުން އަންގާގޮތެއްގެމަތިން މަސައްކަތްކުރުން.

8. އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް ހަވާލުކުރުމާއި ދަންނަވަންޖެހޭ ފަރާތްތަކަށް ދެންނެވުން.

9. ސްކޫލް ގޯތިތެރެއާއި ސްކޫލު ހިމެނޭ ސަރަޙައްދުގެ މަގުތައް ކުނިކަހައި ސާފުކުރުން.

10. މަސައްކަތު މުވައްޒަފެއް ސަލާމުގައި ހުންނަ ދުވަހެއްނަމަ އޭނާ ކުރަންޖެހޭ މަސައްކަތްތައް ކަޑައެޅިފައިވާ އުޞޫލުން ކުރުން.

11. ސްކޫލްގެ ފެން ހަންތައް ސާފުކޮށް ފެންނެގުން.

12. އަދި މިނޫނަސް ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅޭ މަސައްކަތްކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މަޤާމްގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެގުން

(ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

-          ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމު ނޮޅިވަރަންފަރު ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019މާރޗް 11 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ނޮޅިވަރަންފަރު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

                    މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019މާރޗް 13 އިން 14އާ ދެމެދު، ނޮޅިވަރަންފަރު ސްކޫލު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

      މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،     ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމު

ޖުމްލަ އިންސައްތަ

SS 1

%35

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނޮޅިވަރަންފަރު ސްކޫލްގެ ނަންބަރ 6520535  ފޯނަށް ގުޅުއްވުން އެދެމެވެ.  އީމެއިލް ކުރާނީ [email protected]  އަށެވެ.

 

03 މާރިޗު 2019