ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)292-PR/292/2019/8
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 13 މާރިޗު 2019 11:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މިލަދޫ ކައުންސިލްގެ އިދާރާއަށް 05 ކޮމްޕިއުޓަރ ސިސްޓަމް ހޯދުން

އިޢުލާން

              ނ.މިލަދޫ ކައުންސިލްގެ އިދާރާއަށް 05 ކޮމްޕިއުޓަރ ސިސްޓަމް ގަނެދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 17 ފެބުރުވަރީ 2019 ވަނަ ދުވަހު ކުރި އިޢުލާނާގުޅިގެން އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

              ވީމާ، މި ތަކެތި ގަނެދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 މާރޗް 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ނ.މިލަދޫ ކައުންސިލްގެ އިދާރާ އަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު، 13 މާރޗް 2019 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 އަންދާސީ ހިސާބު ހުށައެޅޭނީ ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.

              ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

03 މާރިޗު 2019