ކުއްޔަށް ދިނުން
ނަންބަރު: (IUL)343-AS/343/2019/27 :
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 21 މާރިޗު 2019 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔޫ ސީ ބިޒް ޕްރައިވަޓައިޒް ކުރުން.

ކައުންސިލުން ހިންގަމުން ގެންދާ ލޯކަލް ވިޔަފާރި، ޔޫސީ-ބިޒް ޕްރައިވަޓައިޒް ކުރުމާބެހޭ:

 

                  މިކައުންސިލުން ހިންގަމުން ގެންދާ ލޯކަލް ވިޔަފާރި، ޔޫސީ-ބިޒް ޕްރައިވެޓައިޒް ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ޕްރައިވެޓައިޒް އުސޫލުން ފިހާރަ ހިންގަން ބޭނުންވާ ފަރާތްތަކުން 12 މާރިޗް 2019 ވާ އަންގަރަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 21 މާރިޗް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފްކުރަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މިލިޔުމުގެ ބޭރުގައި "ޔޫސީ-ބިޒް ޕްރައިވެޓައިޒް އުސޫލުން ހިންގުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

                       ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                           03 މާރިޗް 2019

03 މާރިޗު 2019