ދިވެހިރާއްޖެ
އަންދާސީ ހިސާބް ބޭނުންވެއްޖެ
މިކުތުބުޚާނާގައި ހުރި، ފޮތްތަކުގެ ޙާލަތު ބަލައި، ފަންގަސް އަދި ފަނި ނައްތާލުމަށްޓަކައި ފޮތްތަކަށް ޓްރީޓްމަންޓްދިނުމާއި،އިމާރާތުގެ އެއްވެސް ތަނަކުން ކަތުރުފަނީގެ އަސަރު ކޮށްފައިވޭތޯ ބަލައި، އެތަންތަނަށް ބޭނުންވާ ޓްރީޓްމަންޓްދީ 1 އަހަރުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ: (21.02.2019)(IUL)56-CAS/56/2019/06 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން 2019 މާރިޗް 10 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މިކުތުބުޚާނާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 މާރިޗް 11 ވާ ހޯމަ ދުވަހުގެ 13.00 އަށް ޤައުމީ ކުތުބުޚާނާ އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.
ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )
މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )
26 ޖުމާދަލްއާޚިރާ 1440