ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)HUR/1/2019/24
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2019
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 11 މާރިޗު 2019 12:00
ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ފޯމަން

އިޢުލާން

 

މަޤާމް:

 ފޯމަން

މަޤާމުގެ ނަންބަރު:

J-299961

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުރަވީ ސްކޫލް / ހުޅުމާލެ، ދިވެހިރާއްޖެ

މުސާރަ:

-/3875 ރ

ސަރވިސް އެލެވަންސް:

-/1000 ރ

ސަޕޯޓިންގ ކޯ އެލަވަންސް -1:  

-/1200 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ ސްޓޮކަށް މާލެއިން ގަންނަންޖެހޭ ތަކެތި ގަތުމާއި، ސްކޫލަށް އެކި އެކިފަރާތްތަކުން ފޮނުވާ/ ފޮނުވަން ބޭނުންވާ ތަކެތި ސްކޫލަށް ގެނައުމާއި ސްކޫލުން އެފަދަ ތަންތަނަށް ރައްދު ކުރަން ޖެހޭ ތަކެތި އަމާނާތްތެރިކަމާއި އެކު ރައްދުކުރުން.
  2. ތަކެތި ފިހާރަ ތަކުން ބަލައިގަންނަ އިރު ސްކޫލުން ފޮނުވާފައިވާ ޕީއޯގައިވާ ތަކެތިތޯ ބެލުމާއި އެތަކެތި ހަމައަށް ލިބިފައިހުރިތޯބަލާ ޗެކްކުރުން.
  3. ސްކޫލުން ބަލާފޮނުވާތަކެތި ހަމަޔަށް ސްކޫލަށް ގެނައުމަށްފަހު ސްކޫލުގެ ޕްރޮކިއުމަންޓް ސެކްޝަނާ ހަވާލުވެފައިވާ މުވައްޒިފާ ހަވާލުކުރުން.
  4. ގަންނަން ނުވަތަ ބަލާފޮނުވާ ތަކެތި ބަލައިނުގަނެވިއްޖެނަމަ ޕްރޮކިއުމަންޓް އޮފިސަރާ އެމަޢުލޫމާތު އަރުވުން.   
  5. ސްކޫލަށް ގަންނަން ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދުމާއި ގަނެގެން ގެންނަ ތަކެތީގެ އިންވޮއިސް ތަންތަނުން ހޯދުމާއި ހަވާލުކުރެވޭ އެކި އެކި ލިޔުންތައް އޮފީހަށް އަމާނާތެރި ކަމާއި އެކު ރައްދުކުރުން. 
  6. ސްކޫލުން އެކި އެކި ފަރާތްތަކަށް/ ތަންތަނަށް ހަވާލު ކުރަންޖެހޭ ސިޓީފަދަ ތަކެތި ހަވާލުކުރުން.
  7. ސްކޫލުން ތަންނަށްފޮނުވާތަކެތި ހަވާލުކުރުމަށްފަހު އެތަކެތި ހަވާލުވިކަމަށް ސޮއިކުރުވުން.
  8. ހަވާލުނުކުރެވޭތަކެތި އެތަކެތި ފޮނުވި މުވައްޒަފަށް އެ މަޢުލޫމާތު ދިނުން
  9. ސްކޫލުން ޕޯސްޓް އޮފީސް މެދުވެރިކޮށް ރައްދުކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ޕޯސްޓް އޮފީސް މެދުވެރިކޮށް ފޮނުވުމާއި އެތަކެތި ރައްދުވި ކަމުގެ ރިޕޯޓް ނަގާ އޮފީހަށް ހަވާލުކުރުން. 
  10. ބިދޭސީ މުވައްޒަފުންގެ ވިސާއާއި ވޯކްޕާމިޓް އާއި ގުޅިގެން އިމިގްރޭޝަން އަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުމާއި  ބިދޭސީ މުވައްޒަފުނަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި އަދި މިނޫނަސް ސްކޫލުން ހަވާލުކުރެވޭ ކަންތައް ކުރުމަށް މާލެ ދިއުން   
  11. ބަޖެޓް އޮފިސަރ ހަވާލުކުރުމުން އެމްއެމްއޭ އަށް ގޮސް ފައިސާ ޖަމާކުރުމާއި ފައިސާނެގުމަށްފަހު ބަޖެޓް އޮފިސަރާ އަމާނަތްތެރިކަމާއި އެކު ހަވާލުކުރުން. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ޗެކް ބަލައިގަނެ ބަޖެޓް އޮފިސަރާ ހަވާލުކުރުން.
  12. ސްކޫލުން މުވައްޒިފުންނަން އެންގުމަށް ފޮނުވާ ނޯޓިސް ސާރކިއުލާރ ފަދަ ތަކެތި މުވައްޒިފުންނަށް ފޯރުކޮށްދީ ސޮއިކުރުވާ ރައްކާތެރިކަމާއެކު އެތަކެތި ހަވާލުކުރި މުވައްޒިފަށް ރައްދުކުރުން.
  13. ސުކޫލުގެ އެކިއެކި ރަސްމިއްޔާތުތަކަށް ސްކޫލް ތައްޔާރު ކުރުމުގައި އެހީތެރިވުމާއި އިންވިޓޭޝަން ކާޑު ބެހުން.   
  14. ސްކޫލްގައި ހުންނަ ކުދި ކުދި މަރާމާތަކުގެ މަސައްކަތްތަކުގައި  އެހީތެރިވެދިނުން.
  15. ސްކޫލްގެ އެކި އެކި ތަންތަނާއި ތަކެތި ކުއްޔަށް ދިނުމާއި ގުޅިގެން، ސްކޫލް ތަންތަނާއި ތަކެތި ހަވާލުކޮށް ފޯމްގައި ސޮއިކުރުވާ އެތަކެތި އަބުރާބަލައިގަނެ ތަނަށާއި ތަކެއްޗަށް ގެއްލުމެއް ލިބިފައިވާނަމަ އޮފީހަށް ރިޕޯޓް ކުރުން.

ދާއިރާ:

ކްލެރިކަލް ސަޕޯޓް

މަޤާމުގެ ޝަރުޠުތައް:   

  1. މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  1. ގްރޭޑް 7 ނިންމާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

     (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

25

21

26

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

48

48

ޖުމްލަ

185

100

100

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ހުޅުމާލޭ ރެހެންދި ސުކޫލުގައި ގާއިމް ކުރެވިފައިވާ ހުރަވީ ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ހުޅުމާލޭ ހުރަވީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  އިންވެސް ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 11 މާރިޗު 2019 އާއި 31 މާރިޗު 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350711، 3350695 އަށެވެ.

 

25 ޖުމާދަލްއާޚިރާ 1440

 

02 މާރިޗު 2019