ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
||
މަޤާމް: |
އެސޯސިއޭޓް ލީގަލް ކައުންސެލް |
|
މަޤާމުގެ ނަންބަރު: |
J-305840 |
|
ބޭނުންވާ އަދަދު: |
1 |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކް: |
ސީ.އެސް.13-2 (ގްރޭޑް 2) |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ |
|
މުސާރަ: |
މަހަކު 14,430.00 ރުފިޔާ |
|
ސަރވިސް އެލެވަންސް: |
މަހަކު 3,600.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
1. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު) |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. މިނިސްޓްރީގެ އެންމެހާ ޤާނޫނީ ލިޔެކިޔުން ޑްރާފްޓްކުރުން 2. މިނިސްޓްރީގެ އެންމެހާ ޤާނޫނީ ލިޔެކިޔުން ރިވިއުކޮށް ލަފާދިނުން 3. މިނިސްޓްރީގެ އެންމެހާ މަސައްކަތްތަކާއި ގުޅޭކަންކަމުގައި ގާނޫނީގޮތުން ބޭނުންވާ ހުރިހާ ކަންކަން ކުރުން އަދި އެކަންކަމާއިމެދު ލަފާދީ ލިޔެކިއުންތައް ޑްރާފްޓްކުރުން އަދި ބޭނުންވެދާނެ އެންމެހާ އެއްބާރުލުންދިނުން 4. މިނިސްޓްރީގެ އެންމެހާމަސައްކަތްތަކާއި ގުޅިގެން ދިމާވާ މައްސަލަތަކުގައި ބޭނުންވާ އެންމެހާ އެއްބާރުލުންދިނުން 5. ފަތުރުވެރިކަމުގެ ދާއިރާގައި ކުއްޔަށްދީފައިވާ އެންމެހާފަރާތަތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި އޮޕްރޭޓްކުރާ އެންމްހެހާތަނަތަނަށް ދިމާވާމައްސަލަތަކުގައި އަމަލީގޮތުން ބައިވެރިވުން އަދި އެކަންކަމަށް އެއްބާރުލުން ދިނުން 6. ސެކްޝަންގެ އެންމެހާ މަސައްކަތްތައް ސުޕަރވައިސްކުރުން އަދި ސެކްޝަނާއި ބެހޭ އެޑްމިނިސްޓްރޭޓިވް ކަންކަން ބެލެހެއްޓުން 7. މިނިސްޓްރީއިން އަގު ކުރަންޖެހޭ ނުވަތަ ބީލަމަށްދާ ތަންތަނާ އަގު ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން. 8. މިނިސްޓްރީއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި މިނިސްޓްރީއިންގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހާ ކަންކަން ކުރުން. |
|
މަޤާމުގެ ޝަރުޠުތައް: |
1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (www.tourism.gov.mv ވެބްސައިޓްގައިވާ ނަމޫނާއާއެއްގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައިފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ،ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، ތަޖުރިބާގެ މުއްދަތަށް ޕޮއިންޓް ދެވޭނީ ތަޖުރިބާ ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަޤާމާއި، މަގާމުގެ މަސްޢޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާގެ މުއްދަތު ބަޔާންކޮށްފައިވާނަމައެވެ. ޤައުމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ޤާނޫނީ ރޮނގުން (ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ޤާނޫނީ ލަފާދިނުމުގެ ތަޖުރިބާ) މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. 2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން. 3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން. 4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން. 5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން. 6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާ ކެތްތެރިކަމާއެކު ކަންތައްތައް ކުރެވޭ މީހެއް ކަމުގައިވުން. 7. ޤާނޫނީ ކަންކަމުގައި ބައިނަލްއަޤްވާމީ ގޮތުން މިނިސްޓްރީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދެވޭނެ މީހެއްކަމުގައިވުން. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (3322512) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު: |
މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ، 13 މާރިޗު 2019 އާއި 24 މާރިޗު 2019 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. |
|
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3322512 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |