ދިވެހިރާއްޖެ
ނަމްބަރު: IUL)248-ESMSMS/248/2019/21
އިޢުލާނު
ޙިފުޡުކޮށް ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރުމަށް ގެންނަ ޙާފިޡުންނަށް ފަރިއްކޮޅު ހަމަޖެއްސުން
1440 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ކީރިތި ޤުރްއާން ހިފުޡުކޮށް ތަރާވީޙު ނަމާދާއި، ދަމުނަމާދު ކުރުމަށްޓަކައި ގެނެއުމަށް ހަމަޖެހިފައިވާ 04 ޙާފިޒުންގެ ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އަރުވައި އެމަސައްކަތް ކޮށްދޭނެ ފަރާތަކަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 މާރިޗް 2019 ވާ އަންގާރަ ދުވަހުގެ 10.30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 10 މާރިޗް 2019 ވާ އާދީއްތަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނާރޝިޕް ، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތާއެކު) ގެންނަން ވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަށް ލައި ބަންދުކޮށް ތަރާވީޙު ނަމާދާއި،ދަމުނަމާދު ކުރުމަށްޓަކައި ގެނެއުމަށް ހަމަޖެހިފައިވާ 04 ޙާފިޒުންގެ ފަރިއްކޮޅު ތައްޔާރުކޮށް ފަރިއްކޮޅު އަރުވައި ދިނުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.