ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)370-ESMS SC/370/2019/6
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 15 މާރިޗު 2019 14:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފީއަލީ ކައުންސިލްގެ 2017-2021އަށް އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭނުގެ ތެރެއިން ފެބްރުއަރީ މަހު އަމަލީސިފަ އަންނަމުންދާގޮތުގެ މައުލޫމާތު ހާމަކުރުމާއިގުޅޭ

 c

&

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

ފ. ފީއަލީ،

               ދިވެހިރާއްޖެ.   

                                        ނަންބަރ: (IUL)370-ESMS SC/370/2019/6

 

އިއުލާން

 

 

ފީއަލީ ކައުންސިލްގެ 2017-2021އަށް އެކުލަވާލާފައިވާ ތަރައްޤީގެ ޕްލޭނުގެ ތެރެއިން ފެބްރުއަރީ މަހު އަމަލީސިފަ އަންނަމުންދާގޮތުގެ މައުލޫމާތު ހާމަކުރުމާއިގުޅޭ

 

ފ.ފީއަލީ ކައުންސިލްގެ 2017-2021 އަށް އަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭންގެ ތެރެއިން ފެބުރުއަރީމަހު އަމަލީ ސިފަ އަންނަމުންދާ ގޮތުގެ މައުލޫމާތު އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.

  1. ރަށުގެ ތަރައްގީއަށް ހުރި އިންވެސްޓްމަންޓްތައް އިތުރު ކުރުމަށްޓަކައި ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުން

v      ބިންހިއްކުމުގެ މަޝްރޫޢު ފެއްޓުމަށްޓަކައި ފީއަލީ ކައުންސިލްއާއި، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ރައްޔިތުންނާއި 03 ފެބްރުއަރީ 2019 ވަނަ ދުވަހުގައި ބައްދަލުކުރުން.

v      އަދި ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށް ފީއަލީ ކައުންސިލްގެ ފަރާތުން 04 ފެބްރުއަރީ 2019 ވަނަ ދުވަހު ރައްޔިތުންނާއި ބައްދަލުކުރުން.

  1. މަދިރި މަދުކުރުމަށްޓަކައި ފަރުދީ ފެންވަރުގައި މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ދުންޖެހުން

 

v  މަދިރި އުފެދޭ ތަންތަން ނައްތާލުމަށްޓަކައި ފީއަލީ ކައުންސިލް އިދާރާއާއި ފީއަލީ ސިއްހީމަރުކަޒާއި ގުޅިގެން މަދިރިއަށް ދުންޖެހުމުގެ ޕްރޮގްރާމެއް 05 ފެބްރުއަރީ 2019 އިން 17 ފެބްރުއަރީ 2019ގެ ނިޔަލަށް ކުރިއަށް ގެންދިއުން.

މަދިރި އުފެދޭ ތަންތަން ނައްތާލުމަށްޓަކައި ފީއަލީ ކައުންސިލް އިދާރާއާއި، ފީއަލީ ސިއްހީމަރުކަޒުއާއި ފ.އަތޮޅު މަދަރުސާއާއި ގުޅިގެން ރަށުގެ ހުރިހާ ގޭގެ ޖަންގްޝަންތަކަށް ޑީސަލް އެޅުމުގެ ޕްރޮގްރާމެއް 13 ފެބްރުއަރީ 2019ގައި ކުރިއަށް ގެންދިއުން.

v  މަދިރި އުފެދޭ ތަންތަން ނައްތާލުމަށްޓަކައި ފީއަލީ ކައުންސިލް އިދާރާއާއި، ފީއަލީ ސިއްހީމަރުކަޒުއާއި ފ.އަތޮޅު މަދަރުސާއާއި ގުޅިގެން ރަށުގެ ހުރިހާ ގެތައް ޗެކްކުރުމުގެ ޕްރޮގްރާމެއް 09 ފެބްރުއަރީ 2019ގައި ކުރިއަށް ގެންދިއުން.

v  މަދިރި އުފެދޭ ތަންތަން ނައްތާލުމާއި ގުޅޭގޮތުން ފީއަލީ ކައުންސިލް އިދާރާއާއި، ފީއަލީ ސިއްހީމަރުކަޒުއާއި ފ.އަތޮޅު މަދަރުސާއާއި ގުޅިގެނ މަޝްވަރާ ބައްދަލުމުވެއް 07 ފެބްރުއަރީ 2019ގައި ކުރިއަށް ގެންދިއުން.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6740012 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.                     

1440 F 23 

                                  28 ފެބުރުވަރީ 2019

                                                                    މުޙައްމަދު ޖަލީލު 

                           ފީއަލީ ކައުންސިލްގެ ރައީސް               

28 ފެބުރުވަރީ 2019