ކުއްޔަށް ދިނުން
ނަންބަރު: (IUL)248-CAFA/248/2019/19
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 03 މާރިޗު 2019 13:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގައި އިޝްތިހާރު ބޯޑު ބެހެއްޓުމަށް ބިންދޫކުރުން

`

ނަމްބަރ:IUL-248-CAFA/248/2019/19                                             

އިޢުލާން

ބަނދަރު ސަރަހައްދުގައި އިޝްތިހާރު ބޯޑު ބެހެއްޓުމަށް ބިންދޫކުރުން

        މިރަށުގެ ބަނދަރު ސަރަޙައްދުގައި އިޝްތިހާރު ބޯޑާއި ބިލްބޯޑު ބެހެއްޓުމަށް ބިން ދޫކުރުމަށް ކުރި މިއިދާރާގެ ނަމްބަރ (IUL)248-CAFA/248/2019/17  (19 ފެބުރުވަރީ 2019) ގެ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކޮށްފައި ވަނީ 2 ފަރާތަކުން ކަމަށް ވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ވަނީ ހަމަ ޖެހިފައެވެ.

        ވީމާ، އެކަމަށް ބިން ބޭނުންވެ ލައްވާ ފަރާތްތަކުން 03 މާރިޗް 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މަޢުލޫމާތު ސާފު ކުރައްވައި 06 މާރިޗް 2019 ވާ ބުދަ ދުވަހުގެ 11:30 އަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދެންނެވީމެވެ.

        މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

        ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް އިށްތިހާރު ބޯޑު ބެހެއްޓުމުގެ ޕްރޮޕޯސަލްކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

28 ފެބުރުވަރީ 2019