މަސައްކަތް
ނަންބަރު: GS-26/IUL/2019/19
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 14 މާރިޗު 2019 00:00
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކެންޓީން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ:GS-26/IUL/2019/19

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި މަރުކަޒުގެ ކެންޓީން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-26/IUL/2019/15 (10 ފެބުރުވަރީ 2019) އިޢުލާނާއި ގުލިގެން ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، އެ އިޢުލާނާއި ބާތިލްކޮށް 3 ވަނަ ފަހަރަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ފެބުރުވަރީ 28 އިން 2019 މާޗް 6 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 މާޗް 4 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މާޗް 7 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2019 މާޗް 14 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ. އަތޮޅު ތަޢުލީމީމަރުކަޒު

ގދ. ތިނަދޫ

ފޯން: 6840002

އީ-މެއިލް: [email protected]

 

 

23 ޖުމާދިލްއާޚިރާ 1440

28 ފެބުރުވަރީ  2019

28 ފެބުރުވަރީ 2019