ޢާންމު މަޢުލޫމާތު
ނަންބަރު: G2C-A/2019/3
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 05 މާރިޗު 2019 13:30
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
ވޮޗަރެއް ހޯދުމަށް

 

ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓް

   ނައިފަރު

  ދިވެހިރާއްޖެ

ނަންބަރު: G2C-A/2019/3

ވަޒީފާގެ ފުރުޞަތު

ތާރީޚް: 27 ފެބްރުއަރީ 2019

ރޭންކް: އެސް.އެސް 1

ވޮޗަރު (ދާއިމީ)

މަޤާމް

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1

1 (އެކެއް)

ބޭނުންވާ ޢަދަދު

ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

-/3100 ރުފިޔާ (ތިންހާސް އެއްސަތޭކަރުފިޔާ)

އަސާސީ މުސާރަ

- ސަރވިސް އެލަވަންސް: -/1000ރ. (އެއްހާސް ރުފިޔާ)

- ލިވިންގ އެލަވަންސް: -/2550ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35

- އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ   

އެލަވަންސްތަކާ ޢިނާޔަތްތައް

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން

އަސާސީ ޝަރުތު

ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

  • ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް (މިފޯމް ނައިފަރު މެޖިސްޓްރޭޓް ކޯޓުންނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) ފުރިހަމަ ކުރައްވާފައިވާ ކޯސްތަކުގެ ސެޓްފިކެޓާއެކު ލިބިފައިވާ ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  • ސްކޫލެއްގައި އުޅެފައިވާނަމަ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭގޮތަށް އެމުވައްސަސާއަކުން ދޫކޮށްފައިވާ އެމުވައްސަސާގެ ތައްގަނޑުޖެހި ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ނަންބަރާ، އީމެއިލް އެޑްރެސްއާއެކު)

ހުށަހަޅަންޖެހޭ ތަކެތި

05 މާރޗް 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓަށް ވަޒީފާއަށް  އެދޭ ފޯމާއިއެކު ހުށަހަޅަންވާނެއެވެ.

ސުންގަޑި

ވޮޗަރުގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ.  މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %30
  • މަސައްކަތުގެ ތަޖްރިބާ: %35
  • އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް): %35

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

  1. މިމަޤާމުގެ އިންޓަރވިއު ކުރެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  3. އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  4. ލިޔަންކިޔަން އެނގޭކަމަށް ބަލާނީ، ގްރޭޑް 5 ނިންމާފައިވާކަމުގެ ލިޔުމެއް ހުށަހެޅުމުން ނުވަތަ މިކޯޓުން ޓެސްޓެއް ދީގެންނެވެ.
  5. މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6620366

އިތުރު މަޢުލޫމާތު

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ފަރިތަކަމާއެކު ދިވެހި ބަހުން މުޢާމަލާތުކުރަން އެނގުން
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ، ޝަރުޢީ ދާއިރާއިން ހެދިފައި ހުންނަ ޤަވާޢިދުތަކާ އުޞޫލުތަކަށް އަހުލުވެރިފަރާތަކަށްވުން
  • ހިތްހެޔޮކަމާ، ހިނިތުންވުމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާ، ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
  • އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

22 ޖުމާދަލްއާޚިރާ 1440

27 ފެބްރުއަރީ 2019

 

 

 

27 ފެބުރުވަރީ 2019