ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)NAH/NAH/2019/02
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:01
ސުންގަޑި: 11 މާރިޗު 2019 14:00
ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.ކުޑަފަރީ ސިއްހީމަރުކަޒުގެ ޑްރައިވަރ

މަޤާމު

ޑްރައިވަރ

މަޤާމުގެ ނަންބަރު

J-253566

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލިސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާއަދާކުރަންޖެހޭތަން

ނ.ކުޑަފަރީ ސިއްޙީމަރުކަޒު

މުސާރަ

މަހަކު -/3470 ރުފިޔާ

ސާރވިސްއެލަވަންސް

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް

 
ސަޕޯޓިންގ ކޯ އެލަވަންސް މަހަކު -/1200ރުފިޔާ ، ދިވެހި ރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިއުބިޝަން ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1-      އެމްބިޔުލާންސްގައި ކުރަންޖެހޭ ދަތުރުތައް ޤަވާޢިދުން ކުރުމާއި ދަތުރުކުރާ ބަލިމީހުންނަށް އެހީވުން.

2-      ކޮންމެ ދުވަހަކުވެސް އެމްބިޔުލާންސްގެ ތެލާއި ފެން ހަމަތޯބަލާ ޗެކްކޮށް މަދުވާނަމަ ތެލާއިފެން ހަމަކުރުން

3-      އެމްބިޔުލާންސްގައި ގެނެވޭ ބަލިމީހުން ސްޓްރެޗަރގައި އުފުލުމާއި ބަލިމީހުންނަށްކަމޭ ހިތާ އިޙްތިރާމް ކުރުން.

4-      އެމްބިޔުލާންސް ސާފްތާހިރުކޮށް ބެލެހެއްޓުމާއި ކުރަންޖެހޭ މަރާމާތުތައް ކުރުމުގައި ކަމާބެހޭ ފަރާތާއި ވާހަކަދައްކައިގެން އެކަންތައްތައް ހަމަޖެއްސުން. އަދި މަރާމާތު ކުރުމުގެ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.

5-      ސިއްޙީމަރުކަޒަށް ހޮސްޕިޓަލުން ނުވަތަ މާލެ އިން ފޮނުވާތަކެއްޗާއި އަދި ސިއްޙީމަރުކަޒުން ހޮސްޕިޓަލަށް އަދި މާލެއަށް ފޮނުވަންޖެހޭ ތަކެތި ސިއްޙީމަރުކަޒުން އަންގާ ގޮތެއްގެމަތިން ގެނައުމާއި ގެންދިއުން.

6-      އެމްބިޔުލާންސްގެ ދަތުރު ރެކޯރޑްތައް ބެލެހެއްޓުން.

7-      އެމްބިޔުލާންސްގެ ޚިދްމަތް ހޯދާ ފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދިނުން.

8-      އޮންކޯލްގަޑީގައިވެސް ޚިދްމަތަށް ނުކުންނަށް ޖެހިއްޖެ ޙާލަތެއްގައި އެޑިޔުޓީއެއް ފުރިހަމަގޮތުގައި އަދާކުރުން.

9-      ޑިޔުޓީ ބަދަލްވާ ވަގުތު އެމްބިޔުލާންސްއަށް ގެއްލުމެއް ލިބިފައިވޭތޯ ބަލާ ޗެކްކުރުމާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ކަމާއި ބެހޭ ފަރާތަށް ރިޕޯރޓް ކުރުން.

10-  ޑިޔުޓީގަޑީގައި އަބަދުވެސް އެމްބިޔުލާންސް ފޮޅާ ސާފްކޮށް ބެލެހެއްޓުން. އަދި ހަފްތާއަކު އެއްދުވަހު އެމްބިޔުލާންސް ދޮފެ ސާފްކޮށް ކިޓްކުރުން.

11-  ކަނޑައެޅިފައިވާ ޑިޔުޓީ ރޯޓާއާއި އެއްގޮތަށް ޑިޔުޓީ އަދާކުރުން.

12-  އޮންކޯލް ޑިޔުޓީ އަދާކުރުން.

13-  ސިއްޙީމަރުކަޒުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރުން.

14-  ސިއްޙީމަރުކަޒުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.

15-  ސިއްޙީމަރުކަޒުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.

16-  މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

މަޤާމްގެ ޝަރުޠުތައް

 

މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް ހާސިލުކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކުޑަފަރީ ސިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން  ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ   އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ލުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމް ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު                      

      ސެޓްފިކެޓުތަކުގެ ކޮޕީ،

  7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް                                                                     ލިބިފައިވާނަމަ ، އެސެޓްފިކެޓްގެ ކޮޕީ، 

  8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެމުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި           ވަޒީފާއަދާކޮށްފައި    ވާނަމަ،އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށްއެ އޮފީހަކުން     ދޫކޮށްފައިވާ ލިޔުން.

      (ށ)     އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި   މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް    އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތްއަންގައިދޭ ރެފަރެންސް ޗެކްފޯމް

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.  ތަޢްލީމާއި ތަމްރީން ލިބިފައިވާ މިންވަރު

2.     މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

3.     މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

މަޤާމަށްއެދެންވީގޮތާއި،ސުންގަޑި

މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 11 މާރޗް 2019 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ނ.ކުޑަފަރި ސިއްޙީމަރުކަޒަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި ، މުއްދަތު

މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 13 މާރޗް 2019 އާއި 21 މާރޗް 2019 އާދެމެދު ނ.ކުޑަފަރި ސިއްޙީމަރުކަޒުގައެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިންމާކްސްލިބޭ ފަރާތްޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560609 ނުވަތަ 6560037 ނަންބަރު ފޯނާއެވެ. 

                       23 ޖުމާދަލްއާޚިރު 1440

                       28 ފެބްރުއަރީ 2019 

28 ފެބުރުވަރީ 2019