މަސައްކަތް
ނަންބަރު: (IUL)305/305/2019/23
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 06 މާރިޗު 2019 13:15
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ކޯރުތައް ކޮނެދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަގުމަތީ ކޯރުތައް ކޮނެދޭނެ ފަރާތެއް ހޯދުމަށް

މި އިދާރާގެ ނަންބަރު : (IUL)305/305/2019/18 (24 ފެބުރުއަރީ 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.  

މިކައުންސިލްގެ ފަރާތުން މަގުމަތީގައި ކޮންނަންޖެހޭ ކޯރުތައް ކޮނެ ކޭބަލް ވަޅުލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 މާރޗް 2019 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:15 ށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 މާރޗް 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:15 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާން ކުރައްވާ ސިޓީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  21 ޖުމާދަލްއާޚިރް 1440

26 ފެބުރުވަރީ 2019