ވަޒީފާގެ ފުރުޞަތު
ނަންބަރު: A-381/2019/12
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 10 މާރިޗު 2019 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާން

މަޤާމް :

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-301954

ބޭނުންވާ ޢަދަދު :

01 (18 އަހަރު ފުރި 55 އަހަރު ނުފުރޭ ބޭފުޅުން)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް :

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:   

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން :

ކޯޕަރޭޓިވް އެފެއާޒް ޔުނިޓް

މަޤާމް އޮތް އޮފީސް :     

ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ. 

ވަޒީފާ އަދާ ކުރަންޖެހޭ ތަން :

ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ /ދ. ކުޑަހުވަދޫ

މަޤާމުގެމުސާރަ:              

މަހަކު 6295.00 ރުފިޔާ

ސާރވިސް އެލަވަންސް:    

މަހަކު 2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:

މަހަކު 900.00 ރުފިޔާ

އިތުރު ޢިނާޔަތް ތައް :    

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސް ގެ  ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާ  ވާޖިބްތަކުގެ ޙުލާޞާ:

1- ރަށުގެ ތަރައްޤީގެ  ޕްލޭނަށާއި  އިދާރީ ދާއިރާގެ  ތަރައްޤީގެ ޕްލޭނަށް ބިނާކޮށް  މަދުވެގެން  05 ( ފަހެއް )  އަހަރު ގެ ، ރަށާއި އިދާރީ ދާއިރާގެ ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގައި ފުރިހަމައަށް އެހީތެރިވެދިނުން

2- ކޯޕަރޭޓްއެފެއާޒް (ފައިނޭންސް) ޔުނިޓަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތަކަށް ވެރިއެއްގެ މަޝްވަރާއާއެކު، ޖަވާބުދަރީވުން

3- އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ޚަރަދުގައި ހަދައި ވިޔަފާރި އުސޫލުން ހިންގުމަށްފަހު، ކަނޑައެޅޭ މުއްދަތެއްގައި އަނބުރާ ކައުންސިލާއި ހަވާލުކުރަން ދޫކޮށްފައިވާ ތަންތަނާއިބެހޭ ތާފްޞީލް ރެކޯޑްކޮށް ބެލެހެއްޓުން

4- ޤާނޫނީ ގޮތުން ކައުންސިލުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތަކާއި ކައުންސިލުން ކޮށްފައިވާ އެގްރިމަންޓްތަކުގެ ދަށުން ކައުންސިލުން ކުރިއަށް އޮތް އަހަރުގެތެރޭގައި ކުރަންޖެހޭ ޚަރަދުތަކުގެ ތަފްޞީލް ހަދައި ބެލެހެއްޓުން

5- ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ މާއްދާ 6.02 ގައި ވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ވަންނަ އަދި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ސިސްޓަމުން ބަލަހައްޓައި އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

6- ކައުންސިލުން ދޭ ޚިދުމަތްތަކަށާއި ތަންތަނާއި ތަކެތި ކުއްޔަށްދީގެން ލިބެންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ދައްކަމުން ގެންދޭތޯބެލުމާއި ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފައިސާ ނުދައްކާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް އަޅަމުން ގެންދިއުން.

7- އިންތިޚާބުތަކާއި ގުޅިގެން އިދާރާއިން ކުރަންޖެހޭ ކަންކަން ކުރުމާއި އެހީތެރިވެދިނުން.

8- އެހެންމުވައްޒަފަކު ސަލާމާއި ޗުއްޓީގައި ހުންނަވާ ދުވަސްވަރު އޭނާގެ މަސައްކަތްތައް ސުޕަވައިޒަރު ހަވާލުކުރާ ގޮތެއްގެ މަތިންކުރުން    

9- އިދާރާއިން ކަނޑައަޅާގޮތަކަށް އިދާރާ ހުޅުވައި ލެއްޕުމާއި އިތުރުގަޑީގައި މަސައްކަތްކުރަންޖެހިއްޖެ ހިންދެއްގައި އެކަމެއްކުރުން

10- ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  

11-  ވަޒީފާ ބަޔާނުގައިވާ ޚާއްޞަ ވާޖިބުތަކުގެއިތުރުން، މުޅިތަނާއި، ޤައުމަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން

12-  ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދު ތަކުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުން

13- ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން                                                     

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއްހޮވުމަށްބެލޭނެ ކަންތައްތައް  :

ސަޕޯޓް އޮފިސަރ (އެމް.އެސް 2)

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިފާ  ތަޢުލީމު

80

35

 

  40

މަސއްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިސް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

 

12

 

5

 

 

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

245

100

100

 

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ މެއިލް އެޑްރެސް   ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ

 ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4-  ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް

    މުވައްޒަފުން ކުރިމަތިލައި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން

   ވީއްލުމައި މެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ

ޓްރާސްކްރިޕްޓް ކޮޕީ، ނުވަތަ ކޮސް ފުރިހަމަކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ   އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ކުޑަހުވަދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ http://www.csc.gov.mvވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މާރޗް 10 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން، ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު :

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 މާރޗް 17

އާއި 2019 މާރޗް 21 އާ ދެމެދު، މަލްޓިޕާޕަސްގެ ބިލްޑިންގ  ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރިޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މި މަޤާމަށް އެދިފައިވާ މީހާއަށް، ވަޒީފާއަށް ވަނުމަށް އެންމެ ގާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %45 (ސާޅީސް ފަހެއް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

މި އިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760522 ، 6760667 ނަންބަރު ފޯނާއެވެ. އީމެއިލްކުރައްވާނީ [email protected] އަށެވެ.

 

27 ފެބުރުވަރީ 2019