މަސައްކަތް
ނަންބަރު: 60-ADM/2019/47
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 17:33
ސުންގަޑި: 04 މާރިޗު 2019 14:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ އިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުއް) މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑައަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ނުވަތަ އޭޖެންޓުން ހޯދަން ބޭނުންވެއްޖެ.

މި މަސައްކަތަށް ކުރެވުނު އިޢުލާން 60-އޭޑީއެމް/35/2019 އަށް ތިރީގައިވާ ރަށްތަކުން އެކަށިގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މި ރަށްތަކުގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ 

ކުރަންޖެހޭ މަސައްކަތް:  އެސް.ޓީ.އޯ އިން ވިއްކާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު އަދި ފުއް) މާލޭގެ ފިހާރަތަކުން ވިއްކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން ކަނޑައަޅާފައިވާ އަގުގައި ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުން 

ރަޖިސްޓަރީކުރުން:  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 މާރިޗް 04 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެރަށެއްގެ އެސްޓީއޯ ފާމަސީ އަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން: މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަންކަރުދާސް އެރަށެއްގެ އެސްޓީއޯ ފާމަސީއިން ދޫކުރެވޭނެއެވެ. އަދި، އެސްޓީއޯ ހެޑްއޮފީސް، އެސްޓީއޯ ސްޓޭޕަލް ފުޑްސް، އަދި އެސްޓީއޯ ވެބްސައިޓް އިން ވެސް ލިބެން ހުންނާނެއެވެ

ބީލަންކަރުދާސް:  ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 މާރިޗް 07 ވަނަ ދުވަހު 1400 ގައި އެރަށެއްގެ އެސްޓީއޯ ފާމަސީގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ދިނުން:  ބީލަންކަރުދާހާއި ބެހޭ މަޢުލޫމާތު ހޯދުމަށް، ނަންބަރު 7962788 ފޯނާއި ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

ނޯޓު: ފުރުޞަތު ހުޅުވާލެވިފައިވާ ރަށްތަކުގެ ތާވަލު (ޝީޓު) މި އިލުލާނުގައި އެޓޭޗް ކުރެވިފައިވާނެއެވެ.  

 

27 ފެބުރުވަރީ 2019