މަޤާމް:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-285157
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ
|
ސެކްޝަން:
|
ފައިނޭންސް ސެކްޝަން
|
މުސާރަ:
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
- ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް /-50 ރުފިޔާ.
- ފައިނޭންސް ނުވަތަ އެކައުންޓިންގ ގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި 1969.8 ރުފިޔާ ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މެޑިކަލް ވެލްފެއަރ ޕްރޮގްރާމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ފަރާތްތަކަށް ހަމަޖައްސައިދޭ ފައިސާގެ އެހީ ދިނުމަށް ބޭނުންވާ ޕޭމަންޓް ވައުޗަރތަކުގެ މައޫލޫމާތު ފުރިހަމަތޯ ޔަޤީންކޮށް ވައުޗަރތައް ވެރިފައި ކުރުން
- އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން މާލީއެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް މަހުންމަހަށް ދޭންޖެހޭ އެލަވަންސް ދިނުމަށް ފައިނޭންސް ސެކްޝަނަށް ލިބޭ ލިސްޓްތައް ޗެކްކުރުމާއި އެލަވަންސް ދިނުމަށް ބޭނުންވާ ޕޭމަންޓް ވައުޗަރތައް ވެރިފައިކުރުން.
- އެޖެންސީގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ ކަރުދާސްތައް ތައްޔާރުކުރުމާއި ކަމާގުޅޭ މުވައްޒަފުންނާއި ގުޅިގެން ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
- ބަޖެޓް ސެކްޝަނަށް ލިބޭ އެންޓްރީ އެކަމަކާއި ގުޅޭ ސްޓާފަކަށް އި އެންސްޕާ އިން އެސައިންކުރުން.
- މި އެޖެންސީއަށް ބޭނުންވާ ސްޓޭޝަނަރީސް، ކޮންސިއުމަބަލްސް އަދި އެސެޓް ފަދަ ތަކެތީގެ ތެރެއިން މި އެޖެންސީއަށް ހޯދަންޖެހޭ ތަކެތި އަދި ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެތި ހޯދަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށްތޮ ބަލާ ޗެކްކުރުން.
- މަހުން މަހަށް ބިޒްނަސް އޭރިޔާ ނަންބަރު 1250 ގެ ވައުޗަރ ރެޖިސްޓްރީ އާއި ޖީއެލް އަޅާކިއުން
- މާލިއްޔަތު ޤަވައިދުގެ ދަށުން ހަދަންޖެހޭ އެންމެހާ ރިޕޯޓްތަކާއި އަދި މާލީ ހިސާބުތައް ކަނޑައެޅި ފައިވާ ދުވަސްތަކަށް ނިއްމުން.
- ޕެޓީކޭޝް ފޯމްތައް ޗެކްކުރުމަށްފަހު SAP އަށް އެޅުން، ރިޕޯޓްގެ ޕްރިންޓް ނެގުމަށްފަހު ވައުޗަރ ތައްޔާރުކުރުން އަދި ޕީވީ ޕޯސްކުރުމުން އީ އެންސްޕާއިން އަޕްޑޭޓްކުރުން
- ބަޖެޓް ސެކްޝަނުގެ މުވައްޒަފުންގެ ތެރެއިން ސްޕަރވައިޒް ކުރުމަށް ޙަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި އެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ފައިނޭންސް ނުވަތަ އެކައުންޓިންގ ގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
- ފައިނޭންސް ނުވަތަ އެކައުންޓިންގ ގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމު
- ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
- މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
- އިމްތިޙާން/ ޕްރެކްޓިކަލްސް
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން
މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތައަށްވުރެ މަތިވުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 3003535 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2019 މާރިޗު ނުވަތަ އޭޕްރިލް ގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3005353 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|