ދިވެހިރާއްޖެ
އިޢުލާން
ދިވެހި ބޭހާއި ކޮމްޕްލިމެންޓަރީ މެޑިސިންއާ ބެހޭ ގޮތުން ލަފާދޭ ފަންނީ ކޮމިޓީއެއް އެކުލަވާލުން
ދިވެހި ބޭހާއި ކޮމްޕްލިމެންޓަރީ މެޑިސިންއާ ބެހޭގޮތުން މިކައުންސިލަށް ލަފާދޭނެ ފަންނީ ކޮމިޓީއެއް އެކުލަވާލަން ބޭނުންވެއެވެ. މިކޮމެޓީއަކީ މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓްރީ މެޑިސިން އުފެއްދެންދެން ދިވެހި ބޭހާއި ކޮމްޕްލިމެންޓްރީ މެޑިސިންގެ ފަންނު އަދި ފަންނުވެރިން ރެގިއުލޭޓްކުރުމުގައި މިކައުންސިލަށް ލަފާދިނުމަށް އެކުލަވާލެވޭ ވަގުތީ ކޮމެޓީއެކެވެ. މިކޮމެޓީގައި ހިމަނަން ހަމަޖެހިފައިވަނީ ދިވެހިބޭސްވެރިންގެ ތެރެއިން 4 ފަރާތަކާއި ކޮމްޕްލިމެންޓްރީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން 3 ފަރާތެކެވެ. މިކޮމެޓީއަށް މީހުން ހޮވުމުގެ ޝަރުތުތަކާ އިސްކަންދޭ ކަންތައްތައް ތިރީގައި ބަޔާންކުރަމެވެ.
ބޭނުންވާ ދާއިރާ |
ދިވެހި ބޭސްވެރިކަމުގެ ދާއިރާ |
ޝަރުޠު |
|
ބޭނުންވާ އަދަދު |
04 |
މީހުން ހޮވުމުގައި މާކްސް ދެވޭނެގޮތް |
|
ބޭނުންވާ ދާއިރާ |
ކޮންޕިލިމެންޓްރީ މެޑިސިންގެ ފަންނުވެރިން |
ޝަރުޠު |
|
ބޭނުންވާ އަދަދު |
03 |
މީހުން ހޮވުމުގައި މާކްސް ދެވޭނެގޮތް |
|
ދިވެހިބޭހާއި ކޮންޕްލިމެންޓްރީ މެޑިސިންއާއިބެހޭ ފަންނީ ކޮމިޓީއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް |
|
ސުންގަޑި |
14 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް) |
އިތުރުމަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014480 އެވެ. |
މިއިޢުލާނާއި ގުޅިގެން މިކައުންސިލުން މޯލްޑިވްސް ބޯޑް އޮފް ކޮމްޕްލިމެންޓްރީ މެޑިސިން އަށް މެމްބަރުން އައްޔަންކުރުމަށް ކުރި އިޢުލާން ނަންބަރު 23-MAHC/23/2016/104، 23-MAHC/23/2016/116، 23-MAHC/23/2016/127 އަދި 23-MAHC/23/2017/33 ބާޠިލްވީއެވެ.
22 ޖުމާދިލްއާޚިރު 1440