ދިވެހިރާއްޖެ
(IUL)342/INDIV/2019/21 :ނަންބަރު
އިޢުލާން
1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފުޡުކޮށްތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުމާބެހޭ:
1440 ވަނަ އަހަރުގެ ރަމަޟާންމަހު އއ. މަތިވެރީ މަސްޖިދުއް ނަޞްރުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2019 މާރިޗު 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައި މިދަންނަވާ ކަންކަމަށް ދާނެ ޚަރަދުތަކާއެކު މިމަސައްކަތްކޮށްދޭނެ އަގު (ކޮޓޭޝަން) މިއިދާރާއަށް ހުށައެޅުން އެދެމެވެ.
- ފްލައިޓް ޓިކެޓް ޚަރަދު (ރާއްޖެއައުމާ އެނބުރި ގައުމަށް ފޮނުވުމުގެ ޚަރަދު)
- ދަތުރު ޚަރަދު (ރާއްޖެއާއި ބޭރުގެ އެއްތަނުން އަނެއްތަނަށް ކުރާ ދަތުރު ޚަރަދު)
- މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު
- ވިސާއާއި އިންޝުއަރެންސް މަސައްކަތާއި ޚަރަދުތައް
އަގު ހުށަހަޅުއްވާނީ މިއިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6660058 ނަންބަރު ފޯނާއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޖުމާދަލްއާޚިރާ 1440
27 ފެބުރުވަރީ 2019