ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)364-B/364/2019/11
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 13 މާރިޗު 2019 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ހުޅަނގުކޮޅުން ހޮޓާ / ރެސްޓޯރަންޓް ހިންގުމަށް ބިން ދޫކުރުން.

މ. މުލަކު ބަނދަރުގެ ހުޅަނގުކޮޅުން ހޮޓާ / ރެސްޓޯރަންޓް ހިންގުމަށް 1500 (އެއްހާސް ފަސްސަތޭކަ) އަކަފޫޓުގެ ބިމަކާއި، އެބިމާ އިންވެގެން ފަޅުތެރެއިން 1500 (އެއްހާސް ފަސްސަތޭކަ) އަކަފޫޓުގެ ބައެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ، ކުންފުނި. އިންވެސްޓްމަންޓް އަދި ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތާވަލްކުރެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތުސާފުކުރުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކާއި، ގަޑިޖެހިގެން ޙާޒިރުވެލައްވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިނުވެވޭނެވާހަކަ ދެންނެވީމެވެ. ބަދަލުގާ މީހަކު ފޮނުއްވާނަމަ ކަނޑައެޅިފައިވާ ވަގުތުގެ 1 ގަޑިއިރު ކުރިން މިއިދާރާއަށް ލިޔުމަކުން އެކަން އަންގަވަންވާނެއެވެ.

27 ފެބުރުވަރީ 2019