ދިވެހިރާއްޖެ
މި އިޢުލާންވަނީ 28 ފެބުރުވަރީ 2019 08:38 ގައި ބާތިލް ކުރެވިފައެވެ.
ނ.ކުޑަފަރީ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.
މަޤާމު |
ޑްރައިވަރ |
މަޤާމުގެ ނަންބަރު |
J-253566 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އެސް.އެސް 2 |
މަޤާމުގެ ކްލިސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
ޑިވިޜަން/ސެކްޝަން |
އެޑްމިން އެންޑް ހިއުމަން ރިސޯސް ސެކްޝަން |
މަޤާމްއޮތް އޮފީސް |
ނ.ކުޑަފަރީ ސިއްޙީމަރުކަޒު |
ވަޒީފާއަދާކުރަންޖެހޭތަން |
ނ.ކުޑަފަރީ ސިއްޙީމަރުކަޒު |
މުސާރަ |
މަހަކު -/3470 ރުފިޔާ |
ސާރވިސްއެލަވަންސް |
މަހަކު -/1000 ރުފިޔާ |
ސަޕޯޓިންގ ކޯ އެލަވަންސް: |
މަހަކު -/1200 ރުފިޔާ |
އިތުރު އިނާޔަތްތައް |
1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ 4. މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1- އެމްބިޔުލާންސްގައި ކުރަންޖެހޭ ދަތުރުތައް ޤަވާޢިދުން ކުރުމާއި ދަތުރުކުރާ ބަލިމީހުންނަށް އެހީވުން. 2- ކޮންމެ ދުވަހަކުވެސް އެމްބިޔުލާންސްގެ ތެލާއި ފެން ހަމަތޯބަލާ ޗެކްކޮށް މަދުވާނަމަ ތެލާއިފެން ހަމަކުރުން 3- އެމްބިޔުލާންސްގައި ގެނެވޭ ބަލިމީހުން ސްޓްރެޗަރގައި އުފުލުމާއި ބަލިމީހުންނަށްކަމޭ ހިތާ އިޙްތިރާމް ކުރުން. 4- އެމްބިޔުލާންސް ސާފްތާހިރުކޮށް ބެލެހެއްޓުމާއި ކުރަންޖެހޭ މަރާމާތުތައް ކުރުމުގައި ކަމާބެހޭ ފަރާތާއި ވާހަކަދައްކައިގެން އެކަންތައްތައް ހަމަޖެއްސުން. އަދި މަރާމާތު ކުރުމުގެ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން. 5- ސިއްޙީމަރުކަޒަށް ހޮސްޕިޓަލުން ނުވަތަ މާލެ އިން ފޮނުވާތަކެއްޗާއި އަދި ސިއްޙީމަރުކަޒުން ހޮސްޕިޓަލަށް އަދި މާލެއަށް ފޮނުވަންޖެހޭ ތަކެތި ސިއްޙީމަރުކަޒުން އަންގާ ގޮތެއްގެމަތިން ގެނައުމާއި ގެންދިއުން. 6- އެމްބިޔުލާންސްގެ ދަތުރު ރެކޯރޑްތައް ބެލެހެއްޓުން. 7- އެމްބިޔުލާންސްގެ ޚިދްމަތް ހޯދާ ފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދިނުން. 8- އޮންކޯލްގަޑީގައިވެސް ޚިދްމަތަށް ނުކުންނަށް ޖެހިއްޖެ ޙާލަތެއްގައި އެޑިޔުޓީއެއް ފުރިހަމަގޮތުގައި އަދާކުރުން. 9- ޑިޔުޓީ ބަދަލްވާ ވަގުތު އެމްބިޔުލާންސްއަށް ގެއްލުމެއް ލިބިފައިވޭތޯ ބަލާ ޗެކްކުރުމާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ކަމާއި ބެހޭ ފަރާތަށް ރިޕޯރޓް ކުރުން. 10- ޑިޔުޓީގަޑީގައި އަބަދުވެސް އެމްބިޔުލާންސް ފޮޅާ ސާފްކޮށް ބެލެހެއްޓުން. އަދި ހަފްތާއަކު އެއްދުވަހު އެމްބިޔުލާންސް ދޮފެ ސާފްކޮށް ކިޓްކުރުން. 11- ކަނޑައެޅިފައިވާ ޑިޔުޓީ ރޯޓާއާއި އެއްގޮތަށް ޑިޔުޓީ އަދާކުރުން. 12- އޮންކޯލް ޑިޔުޓީ އަދާކުރުން. 13- ސިއްޙީމަރުކަޒުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމާއި އަދި އެހެނިހެން ސެކްޝަންތަކުން ކުރާ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރުން. 14- ސިއްޙީމަރުކަޒުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާގޮތެއްގެމަތިން ކުރުން. 15- ސިއްޙީމަރުކަޒުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން. 16- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން. |
މަޤާމްގެ ޝަރުޠުތައް
|
މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ހުއްދައެއް ހާސިލުކޮށްފައިވުން
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ތަޢްލީމާއި ތަމްރީން ލިބިފައިވާ މިންވަރު 2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު 3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. (ހ) ދައުލަތުގެމުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައި ވާނަމަ،އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށްއެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތްއަންގައިދޭ ރެފަރެންސް ޗެކްފޯމް
|
މަޤާމަށްއެދެންވީގޮތާއި،ސުންގަޑި |
ވަޒީފާއަށް އެދޭފޯމް ނ.ކުޑަފަރި ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 11 މާރޗް 2019 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ނ.ކުޑަފަރި ސިއްޙީމަރުކަޒަށެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަންބާތިލްވާނެއެވެ. |
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
މިމަޤާމަށް މީހަކުހޮވުމާބެހޭ އިންޓަވިއުއޮންނާނީ 13 މާރޗް 2019 އާއި 21 މާރޗް 2019 އާދެމެދު ނ.ކުޑަފަރި ސިއްޙީމަރުކަޒުގައެވެ. މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން އެތާރީޚްގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުންއެދެމެވެ. |
ޝޯޓްލިސްޓްކުރުން |
މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި ވަޒީފާއަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިންމާކްސްލިބޭ 10 ފަރާތްޝޯޓްލިސްޓްކުރެވޭނެއެވެ.
|
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކަށް އެންމެދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ |
%25 |
އިތުރުމަޢުލޫމާތު |
މިއިޢުލާނާއި ގުޅިގެންމަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560609 ނުވަތަ 6560037 ނަންބަރު ފޯނާއެވެ. |