މަސައްކަތް
ނަންބަރު: (IUL)383/383/2019/11
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 06 މާރިޗު 2019 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިރަށުގެ އިޖުތިމާޢީ ސަރަހައްދުތައް، މިއިދާރާއިން އަންގާ ގޮތެއްގެ މަތީން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 މާރިޗު 06 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މާރިޗު 13 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ސާފުކޮޕީއެއް ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ ޖަމްޢިއްޔާ އަކުން މައުލޫމާތު ސާފުކުރާނަމަ ކުންފުނި ނުވަތަ ޖަމްޢިއްޔާގެ ފަރާތުން މައުލޫމާތު ސާފުކުރުމަށް ހާޒިރުވާފަރާތް އަންގައިދޭ ސިޓީއެއް (ކުންފުނި ނުވަތަ ޖަމްޢިއްޔާގެ ލެޓާރހެޑްގައި) ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

27 ފެބުރުވަރީ 2019