ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)469-HR/1/2019/4
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 07 މާރިޗު 2019 13:30
ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަގާމު:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ 

މަގާމުގެ ނަންބަރު:

 J-219455 

ބޭނުންވާ ޢަދަދު:

 1  (އެކެއް)

މަގާމުގެ ގިންތި:

 ދާއިމީ

މަގާމުގެ ރޭންކް:

 ޖީ އެސް - 3

މަގާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

ސެކްޝަން / ޔުނިޓް:

 އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަންރިސޯސް ޔުނިޓް

އޮފީސް:

 ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މުސާރަ:

 މަހަކު -/ 4465ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1500 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700 ރުފިޔާ
  2. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  3. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކުއްލި ހާލަތްތަކުގައި މިސެންޓަރުން ބޭނުންވާ ކޮންމެ ވަގުތެއްގައި މަސައްކަތަށް ނުކުތުމާއި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ، އެކަމުން ސަލާމަތްވެ އާއްމު ހާލަތަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. އީ.އޯ.ސީގެ ޑިއުޓީ އޮންކޯލް ޓޭބަލްއާއި އެއްގޮތަށް ޑިއުޓީ ޙަވާލުވާ ހަފްތާގައި އެމަސައްކަތް ކުރުން.
  3. މިސެންޓަރުގެ ހަރުމުދަލުގެ އިންވެންޓްރީ ދުވަހު ދުވަހަށް އަންނަ ބަދަލުތަކާއި ހޯދާތަކެތި ރަޖިސްޓަރީ މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ލިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  4. މިސެންޓަރުގެ އިމަރޖެންސީ އޮޕަރޭޝަން މަސައްކަތްތައް ކުރުމުގައި ޕްރޮކިއުމަންޓަށް ދޭންޖެހޭ އެއްބާރުލުން ދީ  އޮފީހުން އަންގާ ގޮތެއްގެ މަތީން އިދާރީ އެހީތެރިކަން ޕްރޮކިއުމަންޓުގެ މަސައްކަތްތަކަށް ފޮރުކޮށްދިނުން.
  5. ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއިގުޅޭ އެންމެހާ މަޢުލޫމާތުތައް އެއްކޮށް ބެލެހެއްޓުން އަދި ކާރިސާއެއްގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އެސެސްމަޓް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  6. ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާތަކަށް ސަރަޚައްދީ ފެންވަރުގައިޔާއި އަތޮޅުފެންވަރުގައިޔާއި  އަދި ރަށުފެންވަރުގައި ޢާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  7. ރާއްޖެއާއި ރާއްޖެއިން ބޭރުން މިސެންޓަރަށް (ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އާއި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން އާއ ގުޅޭ) ލިބޭ ޓްރެއިނިންގ ތަކުގައި ބައިވެރިވުން.
  8. ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އާއި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަންއާއި  ގުޅޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  9. ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކުގައި ބައިވެރިވުން.
  10. މިއޮތޯރިޓީގެ އިދާރީ މަސައްކަތްތައް ކުރުން.

މަގާމުގެ ޝަރުތުތައް:

 

 ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި   ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް   އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިނެމޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ   ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް   ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލުކުރެވޭނޭކަމަށް   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

 (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ރާއްޖޭގެ ތައުލީމީ ސެޓްފިކެޓްތަކާއި   ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

  7. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާއެއް   އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ   އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ  އަދާކޮށްފައިވާ   ވަޒީފާ، އަދި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %40)

-  މަސައްކަތު ތަޖުރިބާއަށް  (ކަނޑައެޅިފައިވާ އިންސައްތަ %20)

- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ގާބިލުކަމާއި ސިފަތައް  (ކަނޑައެޅިފައިވާ އިންސައްތަ %45)

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 07 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13-17 މާރިޗު 2019 އާ ދެމެދު،   ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 333425،333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected]   އަށެވެ.

27 ފެބުރުވަރީ 2019