މަޤާމް
|
އޮޑިޓަރ
|
މަޤާމުގެ ނަންބަރު
|
J-304465
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް
|
އެމް.އެސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ސެކްޝަން
|
އިންޓަރނަލް އޮޑިޓް ޔުނިޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ
|
މުސާރަ:
|
މަހަކު 5,610/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2،000 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
މަހަކު -/700 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިންޓާރނަލް އޮޑިޓްގެ މަސައްކަތާ ގުޅޭ އެކި އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
- އިންޓަރނަލް އޮޑިޓަރުންގެ މަސައްކަތުގެ ޓައިމްޝީޓްތައް ލިބިގަތުމާއި ބެލެހެއްޓުން އަދި އިންޓާރނަލް އޮޑިޓްގެ މުވައްޒަފުންނާއި ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
- އިންޓާރނަލް އޮޑިޓް ޑިވިޜަންގެ ޔައުމިއްޔާ، އަހަރީ ރިޕޯޓް އަދި މިފަދަ އެހެނިހެން އިދާރީ ރިޕޯޓްތައް ތައްޔާރުކުރުން.
- އިންޓާރނަލް އޮޑިޓްގެ މަސައްކަތާ ގުޅޭ ބައްދަލުވުންތައް ރޭވުމާއި، މިފަދަ ބައްދަލުވުންތަކުގެ ޔައުމިޔާ ކުރުން.
- ދައުލަތުގެ މިނިވަން މުޢައްސަސާތަކުގައި ދައުލަތުގެ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވައިދާއި އެއްގޮތަށްތޯ ބެލުމަށް ރިސްކް ބޭސްޑް މިންގަނޑަކުން އޮޑިޓްކުރުން.
- ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގައި ދައުލަތުގެ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުން ގެންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވައިދާއި އެއްގޮތަށްތޯ ބެލުމަށް ރިސްކް ބޭސްޑް މިންގަނޑުތަކުން އޮޑިޓްކުރުން.
- ދައުލަތުގެ އޮފީސްތަކުގައި ޤާއިމްކުރެވިފައިވާ އިންޓަނަލް އޮޑިޓް ސެކްޝަންތަކާއި ގުޅިގެން އެއޮފީސްތަކުގެ ކޮމްޕްލަޔަންސް އޮޑިޓްކުރުން.
- ލާމަރުކަޒީ އިދާރާތަކުގެ މުދަލާއި ފައިސާ އަދި މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވައިދާއި އެއްގޮތަށްތޯ ބެލުމަށް ރިސްކް ބޭސްޑް މިންގަނޑަކުން އޮޑިޓްކުރުން.
- ލާމަރުކަޒީ އިދާރާތަކުގައި ޤާއިމްކުރެވިފައިވާ އިންޓަރނަލް އޮޑިޓް ސެކްޝަންތައް މެދުވެރިކޮށް އެއިދާރީ ދާއިރާއެއްގައި ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި، އެއިދާރީދާއިރާއަކުން ހޯދަންޖެހޭ މާލީ މަޢުލޫމާތުތައް ހޯދުން.
- ލާމަރުކަޒީ އިދާރާތަކުގެ މާލީ ހިސާބުތަކާއި، ފައިނޭންޝަލް ޕްލޭލޭންތައް ރިސްކް ބޭސްޑް މިންގަނޑުތަކުން އޮޑިޓްކުރުން.
- ދައުލަތުގެ މާލީ ހިސާބު އެކުލަވާލުމުގެ މާލީ އަދި އިދާރީ ޙަރަކާތްތައް، އިންޓަރނަލް ކޮންޓްރޯލް އިވޭލުއޭޓްކުރުމުގެ އުޞޫލުން އޮޑިޓްކުރުން.
- ދައުލަތުގެ ލަފާކުރާ ބަޖެޓްގެ ހިސާބުތަކާއި، ހިނގަމުންދާ އަހަރުގެ ބަޖެޓް ކޮންޓްރޯލްކުރުމުގެ ޙަރަކާތްތައް އަހަރުން އަހަރަށް އޮޑިޓްކުރުން.
- ދައުލަތުގެ ބޭންކް އެކައުންޓްގެ ބާކީ ދެނެގަތުމާއި، ދައުލަތުގެ ފަންޑްތަކުގެ ހިސާބު އަހަރުން އަހަރަށް އޮޑިޓްކުރުން.
- ދައުލަތުގެ ދަރަނީގެ ހިސާބުތައް ބަލަހައްޓާ އިދާރީ އުސޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން.
- ދައުލަތަށް ލިބެންޖެހޭ ފައިސާގެ ހިސާބުތައް ބަލަހައްޓާ އިދާރީ އުސޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން.
- ދައުލަތުގެ ހަރުމުދަލުގެ ހިސާބު ބަލަހައްޓާ އިދާރީ އުޞޫލުތަކާއި ހިސާބުތައް އަހަރުން އަހަރަށް އޮޑިޓްކުރުން.
- ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް އިންޓާރނަލް ކޮންޓްރޯލްގެ ޤާބިލިއްޔަތު ވަޒަންކުރުމުގެ އުޞޫލުން އަހަރުން އަހަރަށް އޮޑިޓްކުރުން.
- ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ހިންގާ ޕްރޮޖެކްޓަކާއި، ޕްރޮގްރާމްތައް އަދި އެހެނިހެން ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އިންޓަރނަލް އޮޑިޓްގެ އަހަރީ މަސައްކަތު ޕްލޭންގައި ހިމެނޭ ކަންކަން އޮޑިޓްކުރުން.
- ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަދި އެންޓިކޮރަޕްޝަން ކޮމިޝަންއިން އަދި އެހެންވެސް ތަޙްޤީޤީ އިދާރާއަކުން ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާންކުރާ އިސްލާޚީ ފިޔަވަޅުތައް އެޅުމަށް އެދޭކަންކަން މުތާލިއާކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުން.
- މިނިސްޓަރ ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރގެ މަސްޢޫލިއްޔަތުގެ ތެރެއިން އެފަރާތްތަކުން އެދިވަޑައިނަންނަވާ އޮޑިޓެއް، ދިރާސާއެއް ނުވަތަ ތަޙްޤީޤެއް ކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން
|
މަޤާމުގެ ޝަރުތުތައް
|
- އެކައުންޓިން ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:
|
- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %35
- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5
- ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނަށް %5
- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް
- އިންޓަވިއު އަދި ޕްރެކްޓިކަލްއަށް %40
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މާރިޗް 2019 ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 12 މާރިޗް 2019 އާއި 28 މާރިޗް 2019 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3349252/3349169/3349335/3349297 ނަންބަރ ފޯނާއެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
|