ދިވެހިރާއްޖެ
މަޤާމް: |
މުނިސިޕަލް ސަރވިސް އޮފިސަރ |
މަގާމުގެ ނަމްބަރު: |
J-305490 |
ބޭނުންވާ ޢަދަދު: |
1 ( އެކެއް ) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަގާމުގެ ރޭންކް |
އެމް. އެސް. 1 |
މަގާމުގެ ކްލެސިފިކޭޝން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އއ. ރަސްދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
5610.00 ރުފިޔާ. |
ސަރވިސް އެލެވަންސް: |
2000.00 ރުފިޔާ. |
އެހެނިހެން އެލެވަންސް: |
އިތުރުގަޑީގައި މަސައްކަތެއް ކުރައްވައިފިނަމަ ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް އިތުރު ގަޑީގެފައިސާ ދެވޭނެއެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތަށް ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ ޚާއްޞާ އިނާޔަތް ދެވޭނެއެވެ. |
ސަޕޯޓިންގ ކޯ އެލެވަންސް: |
700.00 ރުފިޔާ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1- ފަޅާއި، ބަނދަރު އަދި އިޖުތިމާޢީ ސަރަޙައްދުތަކާއި، މަގުތަކާއި، ކުޅިވަރު ކުޅޭތަންތަން ސާފުކޮށް ބެލެހެއްޓުމާއި، އެތަންތަން ބޭނުންކުރާނޭ ގޮތުގެ ޤަވާޢިދާ ،އުޞޫލް ހެދުމާބެހޭ ކަންކަމާއި، އިޖްތިމާޢީ ޙަރަކާތްތަކާއި، ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމާބެހޭ ކަންކަން ކުރުން. 2- އުފަންވާ ކުދިންނާއި، މަރުވާ މީހުންގެ ރެކޯޑުތައް ބެލެހެއްޓުމާއި، ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި، ރަށްވެހިންގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީހުންނާއި، ރަށްވެހިނުވެ އުޅޭ މީހުންނާއި، ރަށުގައި އުޅޭ ބިދޭސީންނާބެހޭ ކަންކަން ކުރުން 3- ކައުންސިލުގެ ބެލުމުގެ ދަށުން ޚިދުމަތްދޭ ތަންތަނާއި، ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކްތައް އަދި މިނޫނަސް އިޖުތިމާއީ ސަރަޙައްދު ތަކުގައިހުރި މުހިންމު ތަންތަނަށް ނަންދިނުމާއި، ނަން ބަދަލުކުރުމާއި، މަގާއި، ޕާކުތަކާއި، މައިދާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަނދުކުރުމާބެހޭ އެންމެހައި ކަންކަންކޮށް މިތަންތަން ބެލެހެއްޓުން 4- ރަށުގައި ޤާއިމް ކޮށްފައިވާ ނަރުދަމާއާއި، ބޯފެނާއި، ކުނިނައްތާލުމާގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާއި، އުޞޫލް ތައް ހެދުމާއި، އެކަންކަމާގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން 5- ރަށުގެ ލައިބްރަރީ ހިންގުމާއި، ރަށުގެ ރަސްމީ ލިޔުންތައް އަރުޞީފުކުރުމާއި، ތާރީޚީ އަދި ޤަދީމީ ލިޔެކިއުންތަކާބެހޭ ކަންކަން ކުރުން 6- ނެރު ބައްތި މަގު ބައްތި އަދި ބަނދަރު ބައްތިތަކާއި، ކުޅިވަރުކުޅޭތަންތަނާއި، އިޖުތިމާޢީ ތަންތަނުގައި ޖަހާފައިވާ ބައްތިތަކާބެހޭ ކަންކަން ހިންގާ ބެލެހެއްޓުން 7- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާބެހޭ ކަންކަމާއި، ކްލަބް، ޖަމުޢިއްޔާތަކާބެހޭ ކަންކަމާއި،ކޭބަލް ޓީވީ ގެ ޚިދުމަތް ދިނުމާބެހޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލާ ހިންގާ ބެލެހެއްޓުން 8- ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރެޝަން ނުވަތަ އާބަން ސްޓަޑީޒް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
||||
ގުޅޭ ވަޒީފާގެ ދާއިރާތައް: |
އާބަން ސްޓަޑީޒް |
||||
ހުށަހަޅަންޖެހޭ ލިއުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯށް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮޔް އަންގައިދޭ ރިފަރެންސް ޗެކް ފޯމް. |
||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ދާއިރާ: |
|
މާކްސް |
އިންސައްތަ % |
ކެޓެގަރީގެޖުމްލަ އިންސައްތަ |
ތަޢުލީމާއި،ތަމްރީން: |
ލިބިފައިވާ ތަޢުލީމް |
65 |
35 |
40 |
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީން. |
30 |
5 |
|||
އިމްތިޙާން: |
ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޚާން |
12 |
5 |
5 |
|
މަސައްކަތު ތަޖްރިބާ: |
މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖުރިބާ |
23 |
15 |
15 |
|
ލިބިފައިވާ ހުނަރު: |
އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް |
100 |
40 |
40 |
|
ޖުމްލަ: |
230 |
100 |
100 |
||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މާރޗް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އއ. ރަސްދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ފެކްސް (6660714) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||
އިންޓަވިއު އޮންނާނެތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 މާރޗް 2019 އާއި، 26 މާރޗް 2019 އާ ދެމެދު، އއ. ރަސްދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. |
||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||
މި މަގާމަށް މީހަކު ހޯދުމަށް މީގެކުރިން ކުރި އިޢުލާނަށް (ނަމްބަރު: (2019-02-17)(IUL)340/340/2019/09 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ މި އިޢުލާންވަނީ ބާޠިލް ކުރެވިފައެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660714 އަށެވެ. ފެކްސް ކުރާނެ ނަމްބަރަކީ، 6660714 އެވެ. އީ.މެއިލްކުރަންވީ އީމެއިލް އެޑްރެހަކީ [email protected] އަށެވެ. |