ދިވެހިރާއްޖެ
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
މ. މުލި
ދިވެހިރާއްޖެ
ނަންބަރ: K5C-A/2019/05
އިޢުލާން
މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ޕޯޓިކޯގައި ޖަހާފައިވާ ޓައިލްސްތައް ނެއްޓުމަށްފަހު އަލުން ޓައިލްސް ޖެހުމާއި، ކޯޓުގެ އޭސީތަކުގެ އައުޓްޑޯ ޔުނިޓްތައް ތިރިކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން
މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ޕޯޓިކޯގައި ޖަހާފައިވާ ޓައިލްސްތައް ނެއްޓުމަށްފަހު އަލުން ޓައިލްސް ޖެހުމާއި، ކޯޓުގެ އޭސީތަކުގެ އައުޓްޑޯ ޔުނިޓްތައް ތިރިކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް މިކޯޓުން ކުރި ނަންބަރު K5C-A/2019/02އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަކަށް މީހުން ހާޟިރުވެފައި ނުވާތީވެ، އެ އިއުލާން ބާޠިލްކޮށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ޕޯޓިކޯގައި ޖަހާފައިވާ ޓައިލްސްތައް ނެއްޓުމަށްފަހު އަލުން ޓައިލްސް ޖެހުމާއި، ކޯޓުގެ އޭސީތަކުގެ އައުޓްޑޯ ޔުނިޓްތައް ތިރިކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 މާރިޗު 07 ވާ ބުރާސްފަތި ދުވަހު 10:00 އަށް މިކޯޓަށް ނުވަތަ މ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ، 2019 މާރިޗު 14 ވާ ބުރާސްފަތި ދުވަހު 10:00 އަށް މިކޯޓަށް ނުވަތަ މ.މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
26 ފެބުރުއަރީ 2019