ވަޒީފާގެ ފުރުޞަތު
ނަންބަރު: 07 /(IUL)95-A/1/2019
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 07 މާރިޗު 2019 00:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

މި އިޢުލާންވަނީ 26 ފެބުރުވަރީ 2019 12:21 ގައި ބާތިލް ކުރެވިފައެވެ.


 

ވަޒީފާގެ ފުރުޞަތު

ނަންބަރު:07 /(IUL)95-A/1/2019

ތާރީޚް: 26 ފެބުރުވަރީ 2019

މަޤާމް:       

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: LS 2

ކޯޓް / ސެކްޝަން

ދިވެހިރާއްޖޭގެ ހައިކޯޓު އުތުރުގޮފި

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

9412/- ރުފިޔާ

ސަރވިސް އެލަވަންސް                

3000/- ރުފިޔާ

ލިވިންގ އެލަވަންސް

2,850/- ރުފިޔާ

ޖުޑީޝަލް އެލަވަންސް  )މުސާރައިގެ %60 )

 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ  ޝަރީޢާ ނުވަތަ ޤާނޫނުން ދުވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. މައްސަލަތަކަށް ބޭނުންވާ ލިޔުންތައް، ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ފުރިހަމަކުރުން.
  2. އިނގިރޭސި ބަހުން ލިޔެފައި ހުންނަ ޓެކްނިކަލް ޑޮކިއުމެންޓުތަކާއި، ކޮންޕްލެކްސް ޑޮކިއުމެންޓުތައް، ކޯޓުގެ ބޭނުންތަކަށް ތަރުޖަމާކުރުން.
  3. އަލަށް ހެދޭ ޤާނޫނުތަކާއި ޑްރާފްޓް ބިލްތަކުގައި ހުރެދާނެ ލީގަލް އިޝޫތައް ފާހަގަކޮށް، އެފަދަ މައްސަލައެއް ހައިކޯޓަށް ހުށަހެޅޭ ހިނދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ދިރާސާތައް ކުރުން.
  4. މަދަނީ މައްސަލަތަކުގައި ނަގައިދެވޭ ބަދަލު ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުން.
  5. ޤަޞިއްޔާތަކަށާއި އެކިއެކި މައްސަލަތަކަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުން.
  6. މައްސަލަތައް ދިރާސާކުރުމާއި، ޤާނޫނުތައް ދިރާސާކުރުން.
  7. ޙުކުމްތަކާއި ކޯޓު އަމުރުތައް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  8. ޕްރިޓްރަޔަލް ކަންކަމުގައި ފަނޑިޔާރުގެ ސެކްޝަނުން ކުރަންޖެހޭ ކަންތައްތަކުގެ އިންތިޒާމް ހަމަޖެއްސުން.
  9. މައްސަލަތައް ނިމުނު ގޮތުގެ ރިޕޯޓު އެކުލަވައިލުމުގެ އިންތިޒާމް ހަމަޖެއްސުން.

މީގެއިތުރުންވެސް ވެރިއަކު ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން.

 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 

 

  1.  ވަޒީފާއަށް އެދި ހުށަހަޅާފޯމް.
  2.  ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ ޓްރާންސްކްރިޕްޓާއެކު ( ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ދޫކޮށްފައިވާ ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ )
  3. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނޭ އެއޮފީހަކުން ދޫކޮއްފައިވާ ލިޔުން.
  4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  6. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  7.  ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.
  8.  ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޟިރީ ރިޕޯޓް އަދި މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ މިލިޔުންހުށަހަޅާކަށް ނުޖެހޭނެއެވެ).
  9.  ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މިވަޒީފާއަށް ހޮވިއްޖެނަމަ ވަޒީފާއިން ވަކިކޮށްދެނޭކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (މި ލިޔުން ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް ޢަމަލު ނުކުރެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.)

 

 

އިތުރު އިރުޝާދު

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހެޅުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

 

ޕޮއިންޓް ދެވޭ ގޮތް

-                ލިބިފައިވާ ތަޢުލީމާއި ތަމްރީން %40

-                ލިބިފައިވާ ތަޖުރިބާ

-                ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު ( ޓެސްޓާއެކު ) %40

-                މަސައްކަތުގެ ފެންވަރުބެލުން (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)

-                މުވައްޒަފުގެ ހާޟިރީ (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)%2.5

-                މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޙުލާގު (މިބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.)%2.5

 

ސުންގަޑި 

2019 މާރިޗު 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

-      ވަޒީފާއަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރުގޮތްޕަށް ވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.

 

26 ފެބުރުވަރީ 2019