ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ބޮޑުތަކުރުފާނު މަގު،
ނ.މަނަދޫ
(IUL)228-AB/228/2019/11ނަންބަރ
އިޢުލާނު
މަޤާމް މެއިންޓަނަންސް އޮފިސަރ
މަޤާމްގެ ނަންބަރު: J-305748
ބޭނުންވާ އަދަދު: 1
މަޤާމްގެ ގިންތި: ދާއިމީ
މަޤާމްގެ ރޭންކް: MS1
މަޤާމްގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ސެކްޝަން: އެޑްމިން އެޗް އާރް އެންޑް އިންފޮރމޭޝަން ޔުނިޓް
މަޤާމް އޮތް އޮފީސް: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރަންޖެހޭ ތަން: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
މުސާރަ: -/5610 (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)
ސަރވިސް އެލަވަންސް: -/2000 (ދެހާސް ރުފިޔާ)
ސަޕޯޓިންގ ކޯ އެލަވަންސް: -/900 (ނުވަސަތޭކަ ރުފިޔާ) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް
ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ގެ ކޯ ޑިސިޕްލިންގ އަކީ
މެއިންޓަނަންސް ސަރވިސް)
އިތުރު އިނާޔަތްތައް: 1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
4. މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.
މަޤާމްގެ މަސްއޫލިއްޔަތުތަކާއި
ވާޖިބުތައް: 1. އަތޮޅުކައުންސިލް އިދާރާއާއި،އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ތަންތާގެމެޝިނަރީ އާއި އިކްވިޕްމަންޓްސް
ބެލެހެއްޓުން.
2. އަތޮޅުކައުންސިލް އިދާރާއާއި، އިދާރާގެ ބެލުމުގެދަށުގައި ހުންނަ އިމާރާތްތަކުގެ ހަރުމުދަލުގެއިންވެންޓްރީ
ލިޔެ އަޕްޑޭޓް ކޮށް ބަލަހައްޓަމުން ގެންދިއުން.
3. އިދާރާއިންބާވެގެން ނީލަންކިޔަން ޖެހޭ ތަކެއްޗާއި، ހަލާކުވެގެން ނައްތާލަންޖެހޭ ތަކެތީގެ ލިސްޓް
ތައްޔާރުކޮށް ކަމާބެހޭ ޔުނިޓަށް ލިސްޓު ހުށަހެޅުން.
4. އަތޮޅުކައުންސިލްގެ އިމާރާތް ތަކުގެ މެއިންޓަނަންސް އާއި، ސާފުތާހިރު ކޮށްބެލެހެއްޓުން.
5. ކައުންސިލްގެބެލުމުގެދަށުގައިވާ އިމާރާތް ތަކާއި އެއިމާރާތްތަކުގެ ވަށައިގެންވާ މަގުތަކާއި ގޯޅިތައް
މަދުވެގެން ދުވާލަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ކަމާގުޅޭ މުވައްޒަފުން ލައްވާ ކުރުވުން.
6. ކައުންސިލްއިދާރާގެގޯތިތެރޭގައި ގަސްއިންދުމާއި ގަސްތަކަށްފެންދީ ،ގަސްތައްރީތިކޮށް ކޮށާ ބެލެހެއްޓުމުގެ
މަސައްކަތް ކަމާބެހޭ މުވައްޒަފުން ލައްވާ ކުރުވުން.
7. ކައުންސިލްއިދާރާގެ ބެލުމުގެދަށުގައިވާ އިމާރާތް ތަކުގެ އެންމެހާ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި،
ހަލާކުވާތަކެތީގެ މަޢުލޫމާތު ދުވަހުން ދުވަހަށް އިންވެންޓްރީ ގައިލިޔުން.
8. އަތޮޅުކައުންސިލް އިދާރާގެ ލިޔެކިޔުމުގެތަކެތީގެ ސްޓޮކްފިޔަވާ އެހެނިހެން ތަކެތީގެ(ހަރުމުދަލުގެ)
ސްޓޮކްބެލެހެއްޓުން.
9. ކައުންސިލްގެއިދާރާ، ކައުންސިލްގެ ބެލުމުގެދަށުގައިވާ އިމާރާތް ތަކަށްބޭނުންވާ ތަކެތި ކަމާބެހޭ ސެކްޝަން/
ޔުނިޓް އާއިވާހަކަ ދައްކައިގެން ހޯދުމަށް މަސައްކަތް ކުރުން.
10. ކައުންސިލް އިދާރާގެއިމާރާތްތަކުގެ އިލެކްޓްރިކް އާއި، ފެންވައިރިންއަށް ދިމާވާ މައްސަލަތައް ރަނގަޅު
ކުރުން.
11. އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު ،ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ މަސައްކަތް
ތައް އިންތިޒާމުތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ތައް ކުރުން.
12. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އިދާރާގެރަސްމީ މަސައްކަތުގެ ތެރެއިން
ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.
މަޤާމްގެ ޝަރުތުތައް: މެއިންޓަނަންސް ސަރވިސްގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ
6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
ވަޒީފާއަށް އެންމެޤާބިލު 1. ތަޢްލީމާއި ތަމްރީން ލިބިފައިވާ މިންވަރު
ފަރާތެއް ހޮވުމަށް ބެލޭނެ 2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
ކަންތައްތައް: 3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ
ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ
މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ
އަދާކުރާ އޮފީހުގެ ލިޔުން.
5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި
ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ
ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ
ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ
ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން
އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ކޮޕީ،
ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެ
ސެޓުފިކެޓުގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ
އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒިފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން
ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި،
ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން
ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކުފޯމް.
މަޤާމަށް އެދެންވީގޮތާއި ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ
ސުންގަޑި: ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10
މާރޗް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް
އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]
އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ
އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކުހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް
ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަރވިއު އޮނާންނެ މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 މާރޗް 2019 އާއި 25 މާރޗް 2019
ތަނާއި، މުއްދަތު: އާއިދެމެދު، ނ.އަތޮޅުކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި
އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް
ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުންހޮވުމަށް
ކަނޑައަޅާފައިވާ ކްރައިޓީރިއާގެ މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރަޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %45
ހުރިހާބަޔަކުން އެންމެދަށްވެގެން (ސާޅީސް ފަހެއް) އިންސައްތަ ލިބެންޖެހެއެވެ.
ލިބެންޖެހޭ ޖުމުލަ އިންސައްތަ:
އިތުރުމަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ
[email protected] އަށެވެ.
19 ޖުމާދަލްއާޚިރާ 1440
24 ފެބުރުވަރީ 2019