ދިވެހިރާއްޖެ
MED/153-FHS/2019/07: ނަންބަރު
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ހިންގާ ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައި ދިނުމާއި ، ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކަށް ޕާޓްޓައިމް ލެކްޗަރަރ އިން ހޯދުމަށް ވަނީ ބޭނުން ވެފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން 3 މާރިޗް 2019 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަށް، ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު) ޓްރާންސްކްރިޕްޓް އަދި ސީ.ވީ އާއި އައި.ޑި ކާޑުގެ ކޮޕީއާއެކު ސިޓީ ފޮނުއްވުން އެދެމެވެ.
- މާއްދާގެނަން: މައިކްރޯބަޔޮލޮޖީ އިން ހެލްތު ސައިންސަސް
މާއްދާގެ ކޯޑް: MLS123
ކިޔަވާދޭންޖެހޭގަޑީގެޢަދަދު: 33 ގަޑި
ކިޔަވާދޭންޖެހޭވަގުތު: ހެދުނު 8:00 ން ރޭގަނޑު 10:00 އާދެމެދުގެ ވަގުތުތަކުގައި، މިފެކަލްޓީ
އިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް
ފެންވަރުނުވަތަޝަރުތު: މާއްދާ އާއި ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުމާއެކު މާއްދާ
އާއި ގުޅުންހުރި ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
2. މާއްދާގެނަން: މައިކްރޯބަޔޮލޮޖީ
މާއްދާގެ ކޯޑް: BIO025