ދިވެހިރާއްޖެ
ނަންބަރު: A) EA-2019/97)
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވޯޓުލާން ރަޖިސްޓަރީކުރުން
އިލެކްޝަންސް ކޮމިޝަންގެ ނަންބަރު A)EA/2019/84) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
6 އެޕްރީލު 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު 2 މާރިޗް 2019 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ރާއްޖެއިން ބޭރުން ތިރީގައި ބަޔާންކޮށްފައިވާ ޤައުމުތަކުގެ އީމެއިލް އެޑްރެސް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
# |
ޤައުމު |
ފޯމު ބަލައި ގަންނަ ތަން |
އީމެއިލް އެޑްރެސް |
1 |
އިންޑިޔާ/ ޓްރިވެންޑްރަމް |
ކޮންސިއުލޭޓް އޮފީސް |
|
2 |
އިންޑިޔާ/ ނިއުދިއްލީ |
ދިވެހިރާއްޖޭގެ އެމްބަސީ |
|
3 |
ސްރީލަންކާ/ ކޮލޮމްބޯ |
ދިވެހިރާއްޖޭގެ އެމްބަސީ |
|
4 |
މެލޭޝިއާ/ ކުއަލަލަމްޕޫރް |
ދިވެހިރާއްޖޭގެ އެމްބަސީ |
|
4 |
އިނގިރޭސިވިލާތް/ ލަންޑަން |
ދިވެހިރާއްޖޭގެ އެމްބަސީ |
|
6 |
ސިންގަޕޫރު |
ދިވެހިރާއްޖޭގެ އެމްބަސީ |
|
7 |
ތައިލެންޑް |
ދިވެހިރާއްޖޭގެ އެމްބަސީ |
|
8 |
ބަންގްލަދޭޝް |
ދިވެހިރާއްޖޭގެ އެމްބަސީ |
މި ގޮތަށް ރަޖިސްޓަރީ ވުމަށް އެދި ފޯމު ހުށަހެޅޭނީ، ރާއްޖެއިން ބޭރުގެ ޤައުމެއްގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނެ އިންތިޒާމެއް އިލެކްޝަންސް ކޮމިޝަނުން ހަމަޖެހިފައި ނުވާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެކަންޏެވެ.
އަދި ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ ޤައުމުތަކުގެ އިތުރުން އެހެން ޤައުމެއްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް [email protected] އަށް ވެސް ފޯމު ހުށަހެޅޭނެއެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ " ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. އަދި މިފޯމް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
20 ޖުމާދަލްއާޚިރު 1440